މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ގދ. ތިނަދޫގައި އަލަށް ތަރައްޤީ ކުރަމުން އަންނަ 6.5 ކިލޯ މީޓަރުގެމަގުގެ ތާރު އެޅުމުގެ މަސައްކަތް ނިންމާލައިފިއެވެ.

މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން  ބުނީ ތިނަދޫގައި މިވަގުތު ކުރިއަށް ދަނީ  ގިަނދޫ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫއުގެ ދަށުން އަލަށް އިތުރު ކުރެވުނު 500 މީޓަރު މަގުގައި ތާރު އެޅުމުގެ މަސައްކަތެވެ.

މި މަސައްކަތް އާރް.ޑީ.ސީއާއި ޙަވާލުކުރިފަހުން، މަޝްރޫޢުގެ ސްކޯޕަށް ބައެއް ބަދަލުތައް ވަނީ ގެނެސްފައިވާ ކަމަށާއި، އެގޮތުން ކުރިން ހަދަންފަށާ،   އެހެންނަމަވެސް ނުނިމި އޮތް 5 މަގެއްގެ، ޖުމްލަ 594 މީޓަރުގައި ތާޅު އެޅުމުގެ މަސައްކަތް ކުރުން ހިމެނޭ ކަމަށް އާރްޑީސީން ބުނެއެވެ. އަދި މި މަޝްރޫޢުގައި ހިމެނޭ މަގުތަކާއި، އެހެނިހެން މަގުތަކުގައިވެސް މަގުބައްތި ޖެހުމާއި، ފެން ހިންދާ ނިޒާމް ގާއިމު ކުރުމުގެ މަސައްކަތް ވެސް އާރްޑީސީން ކުރިޔަށް ގެންދާނެއެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *