ކޮރެއާގެ މަޝްހޫރު ކޭޕޮޕް ބޭންޑް އެކްޒޯގެ ވެރައިޓީ ޝޯވް، "ޓްރެވަލް ދަ ވޯރްލްޑް އޮން އެކްޒޯ ލެޑާ" މި ފެށޭ އޮގަސްޓް މަހު ބެލުންތެރިންނަށް ދޫކޮށްލަން ތައްޔާރުވެއްޖެއެވެ.

މިހަބަރާއެކު އެކްޒޯގެ ސަޕޯޓަރުން ވަނީ އުފާފާޅުކޮށް ސޯސަލް މީޑިއާގައި ހޫނު ތަރުހީބެއް އުފެދިފައެވެ. އަދި ވަގުތުން ވަނީ ޓުވިޓަރުގެ ދުނިޔޭގެ ޓްރެންޑިންގް ލިސްޓަށް އަރާފައެވެ.

"ލެޑާ" ސީޒަން ހަތަރަކުން އެކްޒޯގެ 7 މެމްބަރުން ފެނިގެންދާނެއެވެ. އެކުވެރިކަމާ އަދި މަޖާ ކަންތައްތައް ދައްކާދޭ ޝޯވްއަކަށްވުމުގެ އިތުރުން، ވަރަށް ގިނަ ގޭމް ޗެލެންޖްތައް ހިމެނޭގޮތަށް ސަވައިވަލްގެ ބައިތައްވެސް ފެނިގެންދާނެއެވެ. ލެޑާގެ ޝޫޓިންގ ވަނީ މިދިޔަ ޖޫން މަހު ކޮރެއާގެ ބުސާން ސިޓީގައި ނިއްމާލާފެއެވެ. ބެލުންތެރިންނަށް މިޝޯވް "ވޭވް"ގެ ރަސްމީ އެކަންޓު މެދުވެރިކޮށް ބޭލޭނެ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

މީގެ އިތުރުން އެކްޒޯވަނީ މިމަހު 10ގައި 7ވަނަ ސްޓޫޑިއޯ އަލްބަމް "އެކްޒިސްޓް" އާއި އެކު ޓައިޓަލް ލަވަ "ކްރީމް ސޯޑާ" ބެލުން ތެރިންނަށް ދޫކޮށްލާފައެވެ. 60 އަށް ވުރެ ގިނަ ގައުމުގެ އައިޓިއުންސް ޗާރޓްގެ އެއްވަނަ ހޯދާ މިއަލްބަމް ވަނީ ގިނަ ރިކޯޑްތަކެއް މުގުރާލާފައެވެ.

އެކްޒޯއަކީ ގިނިއަސް ވޯރލްޑް ރެކޯޑްވެސް ހޯދައި އެތަކެއް ގިނަ ބައެއްގެ ލޯއްބާއި ތަރުހީބު މިހާރުވެސް ހޯދަމުންއަންނަ  ހުނަރުވެރި ބޭންޑެކެވެ.

0
0
14
18
21

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *