ޚަބަރު
އައްޑޫ ރައްޔިތުންނަކީ ފުދުންތެރި ބަޔަކަށް ހެދުމަށް ސަރުކާރު ކެންޑިޑޭޓުން ހޮވަންޖެހޭ: ނިހާދު

އައްޑޫގެ ރައްޔިތުންނަކީ ފުދުންތެރި ބަޔަކަށް ހެދުމަށް މިފަހަރުގެ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ސަރުކާރުގެ ކެންޑިޑޭޓުން އިންތިހާބު ކުރުމަކީ މުހިންމު ކަމެއްކަމަށް އައްޑޫ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނިހާދު ވިދާޅުވީ އިދިކޮޅަށް މަޖިލީހުގެ މެޖޯރިޓީ ދީގެން ވީ ފައިދާއެއް ނެތް ކަމަށެވެ. މިފަހަރު ސަރުކާރުގެ ކެންޑިޑޭޓުން ހޮވާ މަޖިލީހުގެ ތެރެއިން ސަރުކާރަށް އެއްބާރުލުން ދިނުމުން ކަންކަން ކުރެވޭނެކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ނިހާދު ވަނީ އައްޑޫގެ އިގްތިސޯދީ މަރުތަޅުން ނައްޓުވާ އައްޑޫ ރައްޔިތުންނަކީ ފުދުންތެރި ބަޔަކަށް ހެދުމަށް ސަރުކާރުގެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށް އެދިފަ އެވެ.

އައްޑޫ އަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ތަރައްގީގެ ތަސައްވުރުގައި ވަރަށް މުހިންމު އަތޮޅެކެވެ. އެމަނިކުފާނުވަނީ އައްޑޫގެ ފަތުރުވެރިކަން ކުރިއެރުވުމަށްވެސް ގިނަ ކަންކަން ރާވާފަ އެވެ. އެގޮތުން އައްޑޫ އައްސޭރި ޓޫރިޒަމް ޑިވެލޮޕްމަންޓް ޕްލޭންގެ ދަށުން ތަރައްގީކުރާ 6،000 އެނދުގެ މަޝްރޫއު ފެށުމަށް ތައްޔާރުވެފައިވާކަމަށް ރައީސް ވަނީ ފާއިތުވި މާޗް މަހުގެ ތެރޭގައި އިއުލާންކޮށްފަ އެވެ.

މީގެ އިތުރުން އައްޑޫސިޓީ ހިތަދޫ އާއި ހުޅުމީދޫއާ ދެމެދު އަޅަން ނިންމާފައިވާ ބްރިޖު މަޝްރޫއުގެ މަސައްކަތް މި އަހަރު ފެށުމަށްވެސް މި ސަރުކާރުން އަންނަނީ ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top