އާރްޑީސީގެ އެމްޑީ މޫސާ އަލި މަނިކު (މޫކޭ)

ދިޔަރެސް ނޫހުން ހަޤީގަތާއި ހިލާފަށް ދޮގު ހަބަރު ފަތުރާ އާރްޑީސީގެ އަގު ވައްޓާލަން މަސައްކަތް ކުރާ ކަމަށް ބުނެ ރޯޑް ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ދިޔަރެސްއާއި ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހެޅުމަށް ނިންމައިފިއެވެ.

އާރުޑީސީ އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، އެ  ކުންފުންޏާއި މެދު ރައްޔިތުންގެ މެދުގައި އިތުބާރު ގެއްލި  އެ ކޯޕރޭޝަންގެ ނަމަށް ހުތުރުވާ ގޮތަށް، މައުލޫމާތުގެ  ސައްހަކަން ކަށަވަރު ކުރުމެއްނެތި، ހަގީގަތާއި ހިލާފު ވާހަކަތައް ސޯޝަލް މީޑިއާ އާއި ނޫސްތަކުގައި ދިޔަރެސް މިޑިއާގެ ފަރާތުން ފަތުރަމުން ގެންދާ ކަމަށެވެ.

އެހެންކަމުން، އެކުންފުނީގެ ނަމަށް ހުތުރުވާގޮތަށް ކުރަމުންދާ  އެކަން ހުއްޓުވުމަށާއި އެކަމާއި ގުޅިގެން އެ ކޯޕަރޭޝަނަށް ލިބެމުންދާ ގެއްލުން ހުޓުވުމަށް، އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމަށް ކުންފުނީގެ ބޯޑުން ނިންމާފައިވާ ކަމަށްވެސް  އެބަޔާނުގައި ބުނެފައިވެއެވެ.

މީގެއިތުރުން ދިޔަރެސް ނޫހުގެ މައްސަލަ މޯލްޑިވްސް މީޑިއާ  ކައުންސިލަށް ހުށަހެޅުމަށްވެސް ނިންމާފައިވާ ކަމަށް އާރުޑީސީ އިން ވަނީ ބުނެފައެވެ. އާރްޑީސީގެ އެތެރޭގެ ކޮރަޕްޝަންގެ މައްސަލައަކާއި އެކަމުގައި އެ ކުންފުނީގެ އެމްޑީ މޫސާ އަލިމަނިކު (މޫކޭ) ވެސް ބައިވެރިވެވަޑައިގަންނަވާ ކަމަށް ބުނެ ދިޔަރެސްގައި ވަނީ ރިޕޯޓްކޮށްފައެވެ. އަދި އާރްޑީސީއާއި ގުޅޭ މައްސަލައެއް ފުލުހުން ތަހްޤީގު ކުރަމުންދާ އިރު އެ މައްސަލަ ތަހްގީގު ނުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަންގަވާފައިވާ ކަމަށްބުނެ ދިޔަރެސްގައި ރިޕޯޓްކޮށްފައިވެއެވެ. އެހެންނަމަވެސް ފުލުހުން ވަނީ އެކަން ދޮގުކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *