ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، މ. ނާލާފުށީ އާ އިންޖީނުގެއާއި ފެނަކަ އޮފީސް އިމާރާތް ހުޅުއްވައި ދެއްވައިފިއެވެ.

ނާލާފުށީ އިންޖީނުގެ އާއި ފެނަކަ އޮފީސް އިމާރާތް ހުޅުއްވައި ދެއްވީ، ރައީސުލްޖުމްހޫރިއްޔާ މިހާރު މުލަކަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު މެންދުރުފަހު އެރަށުގައި ބޭއްވި ރަސްމިއްޔާތުގައެވެ.

ނާލާފުށީގައި އަލަށް އިމާރާތްކުރި އިންޖީނުގެއާއި ފެނަކަ އޮފީސް އިމާރާތަކީ، އެންމެ މިޒަމާނުގެ ފެންވަރަށް އިމާރާތް ކޮށްފައިވާ އިންޖީނުގެއަކާއި އޮފީސް އިމާރާތެކެވެ.

25 އަހަރު ވަންދެން އެ ރަށުގައި ބޭނުން ކުރަމުން ދިޔަ ބާ އިންޖީނުގެއަކީ 3 މުވައްޒަފުންނާ އެކު ހިންގި 288 ކިލޯވޮޓްގެ އިންޖީނުގެއެވެ. މިހާރު އެޅި އާ އިންޖީނުގެއާއި ފެނަނަ އޮފީސް އިމާރާތަކީ ދަތިކަމެއް ނެތި 15 މުވައްޒަފުންނަށް މަސައްކަތް ކުރެވޭ ވަރަށް ބޮޑުކޮށް ހަދާފައިވާ އިމާރާތެކެވެ. އަދި އަލަށް ހުޅުވި އިންޖީނުގޭގެ ކެޕޭސިޓީ އަކީ، 538 ކިލޯވޮޓްއެވެ.

ކުރިން ނާލާފުށީ އިންޖީނުގެ ހުރީ ރަށުގެ މެދުގައި ނަމަވެސް އާ އިންޖީނުގެ އާއި ފެނަކަ އޮފީސް އިމާރާތް އަޅާފައި ވަނީ މީހުން ދިރިއުޅޭ ސަރަހައްދާ ދުރުގައެވެ.

ރައީސުލްޖުމްހޫރިއްޔާ މުލަކަތޮޅަށް ކުރައްވާ މި ދަތުރުފުޅުގައި މިއަދު ހަވީރު ވަނީ މުއްޔަށް ވަޑައިގެން އެރަށުގެ ފެނުގެ ނިޒާމް ގާއިމް ކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވެސް ބައިވެރިވެވަޑައިގެންފައެވެ.

މުލީގައި ގާއިމްކުރި ފެނުގެ ނިޒާމަކީ، އިންޑިއަން އެގްޒިމް ބޭންކުގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން، ކުރިޔަށް ގެންދިޔަ މަޝްރޫކެވެ. މި މަޝްރޫއުގެ މަސައްކަތް ކޮށްފައި ވަނީ، އެސްއެމްސީ އިންފްރާސްޓްރަކްޗާ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *