ފުލުހުންގެ މައި އިދާރާ

އާރްޑީސީ އާއި ގުޅޭ  މައްސަލަ ތަހުގީގު ނުކުރުމަށް ރައީސުލް ޖުމްހޫރިއްޔާ އަންގެވިކަމަށް ބުނެ ދިޔަރެސް ނޫހުގައި ލިޔެފައިވާ ހަބަރަކީ އެއްވެސް އަސާސެއް ނެތް ދޮގު ހަބަރެއް ކަމަށް ފުލުހުން ބުނެފިއެވެ.

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އާރުޑީސީ) އާ ގުޅޭގޮތުން ފުލުހުން ތަހުގީގު ކުރަމުންގެންދާ މައްސަލަ ތަހުގީގު ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ ކުރަމުންދާކަމަށް ފުލުހުން ބުނެއެވެ.

މިއަދު ފުލުހުން ބުނީ  މި މައްސަލައިގެ ތަހުގީގަށް ނުފޫޒުފޯރުވުމުގެ ގޮތުން ނުވަތަ ތަހުގީގު ހުއްޓުވުމަށް އެއްވެސް ފަރާތަކުން ތަހުގީގުގައި ވަކި ގޮތަކަށް އަމަލުކުރުމަށް ފުލުހުންގެ ޚިދުމަތަށް އަންގާފައިނުވާ ކަމަށެވެ.

މި މައްސަލައިގެ ތަހުގީގާ ގުޅޭ އެއްވެސް މަޢުލޫމާތެއް، ތަހުގީގުގައި ބައިވެރިވާ އެއްވެސް ފަރާތަކުން ދިޔަރެސް އާ ހިއްސާކޮށްފައި ނުވާނެކަމަށްވެސް ފުލުހުން ބުނެއެވެ.

މައުލޫމާތުގެ ސައްހަކަން ބެލުމަށް މަސައްކަތް ނުކޮށް، ދިވެހި ފުލުހުންގެ ޚިދުމަތުން ހިންގާ ތަހުގީގުތަކާމެދު ރައްޔިތުންގެ އިތުބާރު ގެއްލޭގޮތަށް، ހަގީގަތާ ހިލާފު މައުލޫމާތު ފެތުރުމަކީ ފުލުހުންގެ ޚިދުމަތުން ކަންބޮޑުވާކަމެއް ކަމަށާއި މިފަދަ ދޮގު މައުލޫމާތު ނުފެތުރުމަށް އިލްތިމާސް ކުރާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *