ނ.ހޮޅުދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، ޗާންދަނީ ހިނގުމުގައި ކުރެވެމުން ދިޔަ މަސައްކަތުގެ ތެރެއިން ފާރެއް ވެއްޓި 3 މުވައްޒަފަކަށް ބޮޑެތޮ އަނިޔާތަކެއް ލިބިފައިވާ ކަމަށް އާރްޑީސީން ބުނެފިއެވެ.

އާރްޑީސީން ބުނީ ވެއްޓިފައިވަނީ ނ.ހޮޅުދޫ ޖޭމުގޭ، މަގުމަތީ ފާރު ކަމަށެވެ. އަދި މި ހިތާމަވެރި ހާދިސާގައި މި ކޯޕަރޭޝަންގެ 3 މުވައްޒަފަކަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ.

އަދި މި ތިން މީހުންނަށް ފަރުވާ ދިނުމަށް ރ. އުނގޫފާރު ޜީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް އާރްޑީސީން ބުނެއެވެ.

މި ހިތާމަވެރި ހާދިސާ ހިނގިވަގުތުން ފެށިގެން 3 މުވައްޒަފުން އިތުރު ފަރުވާ އަށް ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް އަށް ފުރުވާލެވެންދެން އާރް.ޑީ.ސީ މުވައްޒިފުންނާއި ރަށުގެ އިސްވެރިންނާއި ސިއްހީ މަރުކަޒުގެ އެންމެހާ އިސްވެރިންނާއި މުވައްޒިފުން އަދި ހޮޅުދޫގެ ލޮބުވެތި އެންމެ ރައްޔިތުންގެ ފަރާތުން ފެނިގެންދިޔައީ އެކުވެރިކަމާއި އެއްބައިވަންތަކަން. “

އެ ތިން މުވައްޒަފުންގެ ހާލަތު އާރްޑީ ސީއިން ވަރަށް ގާތުން ބަލަމުންދާކަމަށާއި މުވައްޒަފުންގެ ބޭސްފަރުވާއާއި އެކަމާގުޅޭ އެހެނިހެން ޚަރަދުތައް ކުންފުނީގެ ޕޮލިސީތަކާ އެއްގޮތަށް ހަމަޖައްސަމުން ގެންދާކަމަށް އާރްޑީސީން ބުނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *