ޚަބަރު
ރައީސްގެ ދެކަނބަލުން އީދު ސަލާން ކުރުން މުލިއާގޭގައި އޮންނާނެ

މިއަހަރުގެ ފިތުރު އީދު ދުވަހު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އީދު ސަލާން ކުރުން މުލިއާގޭގައި ކުރިއަށް ދާނެކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ރައީސް އޮފީހުން ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، އީދު ސަލާން ކުރެއްވުމަށް ހަމަޖެހިފައި ވަނީ އީދު ދުވަހުގެ ހެނދުނު 9:30 އިން ފެށިގެން 10:30 ގެ ނިޔަލަށް ކަމަށެވެ.

އީދު ސަލާން ކުރެއްވުމަށް ރައްޔިތުންނަށާއި، ދައުލަތުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށާއި ބޭރުގެ އިއްޒަތްތެރިންނަށާއި، ރާއްޖޭގެ އެކި ކުންފުނިތަކުގެ އިތުރުން އަމިއްލަ އެކިއެކި ޖަމިއްޔާ ޖަމާއައްތަކުގެ މަންދޫބުން ބައިވެރިވުމަށް ރައީސްގެ ދެކަނބަލުން ވަނީ ދައުވަތު އަރުވާފަ އެވެ.

މީގެ އިތުރުން ވީހާވެސް ގިނަ ކުޑަ ކުދިންނާ ޒުވާނުން އީދު ސަލާން ކުރުމުގައި ބައިވެރިވުމަށްވެސް ރައީސްގެ ދެކަނބަލުން ވަނީ އެދިލައްވާފަ އެވެ.

ރައީސްގެ ދެކަނބަލުން އީދު ސަލާން ކުރެއްވުމަށް މުލިއާގެއަށް ވަނުމަށް ހަމަޖެހިފައިވަނީ މެދުޒިޔާރަތް މަގުގައި ހުންނަ މުލިއާގޭގެ މައި ދޮރާށިންނެވެ. އަދި މުލިއާގެއަށް ވަނުމަށް ހަމަޖެހިފައި ވަނީ ޝަހީދު އަބްދުﷲ ޒުހައިރު މަގުން އައިސް މެދުޒިޔާރަތް މަގުންކަމަށްވެސް ރައީސް އޮފީހުން ބުނެ އެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top