މާލޭ ވިޔަފާރި ބަނދަރު -- ފޮޓޯ: އެމްޕީއެލް

އެމްޕީއެލް މާލެ ބަނދަރުގައި އޮތް ކާގޯ ބޯޓެއްގެ ކެރޭނެއް ކަނޑައިގެން ވެއްޓިއްޖެއެވެ.

ކެރޭނު ވެއްޓުނީ އެ ކެރޭނުގެ ކޭބަލްއެއް ކަނޑައިގެން ދިއުމުން ކަމަށް އެމްޕީއެލްއިން މައުލޫމާތުދެއެވެ. "އެމްވީ އަލްބިދާ" ނަމަކަށް ކިޔާ މި ބޯޓުގެ ކެރޭނު ވެއްޓުނު ވަގުތު ކެރޭނުގައި ކޮންޓެއިނާއެއް އަޅުވާފައި ނެތް ކަމަށާއި މި ހާދިސާގައި އެއްވެސް މީހަކަށް އަދި މުދަލަކަށް ވެސް ގެއްލުން ނުވާ ކަމަށް އެމްޕީއެލްއިން ބުނެއެވެ. 

އެމްޕީއެލްއިން އިތުރަށް ބުނީ އެ ހާދިސާ ހިނގާފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށާއި، މާލެ ކޮމާޝަލް ފާލަމުގައި ކަމަށެވެ. އަދި ހާދިސާ ހިނގާފައި ވަނީ ބޯޓުގެ އޮޕަރޭޝަންގެ ތެރެއިން އެ ބޯޓު ތެރޭގައި އިން ކެރޭނުގެ ކޭބަލްއެއް ކަނޑައިގެން ދިއުމުން ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *