ރައީސް އިބްރާހިމް މުހައްމަދު ސޯލިހް

2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް މި ނިކުންނަވަނީ، ރަޢްޖޭގައި އިންތިހާބަކަށް މިހާތަނަށް ނުކުންނަ މެންބަރުން ގިނަ ކޯލިޝަނާއެކު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އިއްޒުއްދީން ސްކޫލުގައި މިއަދު ކުރިއަށްދިޔަ އެމްޑީޕީގެ ކެމްޕެއިން މޯޓިވޭޝަނަލް ސެޝަނުގައި ވާހަކަފުޅު ދައްކަވަމިން ރައީސް ވިދާޅުވީ، އެމަނިކުފާނުގެ ކޯލިޝަންގައި ހިމެނޭ "އަދާލަތު ޕާޓީ އާއި އެމްޑީއޭ އާއި އެމްޑީޕީ ހިމެނޭގޮތުން 77،700 މެންބަރުން މި ކޯލިޝަންގައި އެބަތިބި،" ކަމަށެވެ.

ރައީސް ވިދާޅުވީ، އެމަނިކުފާނުގެ ކޯލިޝަންގައި ހިމެނޭ "އަދާލަތު ޕާޓީ އާއި އެމްޑީއޭ އާއި އެމްޑީޕީ ހިމެނޭގޮތުން 77،700 މެންބަރުން މި ކޯލިޝަންގައި އެބަތިބި،" ކަމަށެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވެފައިވާއިރު، އިދިކޮޅު ފަރާތްތަކުން ތަކުރާރުކޮށް ބުނަމުންދަނީ އެމަނިކުފާނާއެކު ކޯލިޝަން ހެދި ޕާޓީތަކުން އެމަނިކުފާނު އެކަނިވެރިކޮށް ފެއަށް ޖެހިއްޖެކަމަށެވެ. އެހެންކަމުން ރައީސް މިހެން ވިދާޅުވީ އެފަރާތްތަކަށް ރައްދު ދިނުމުގެ ގޮތުންކަމަށް ބެލެވެއެވެ.

ނަމަވެސް އެމަނިކުފާނާއި ކޯލިޝަން ހަދާފައިވާ ޕާޓީތަކުގެ ތެރެއިން ޖުމްހޫރީ ޕާޓިން ވަނީ މިފަހަރުގެ އިންތިހާބުގައި ވަކިން ވާދަކުރަނ ނިންމާ އެކަން އިއުލާނުކޮށްފައެވެ. އެގޮތުން ޖުމްހޫރީ ޕާޓިން ވާދަކުރަން ނިންމާފައިވަނީ އެޕާޓީގެ ލީޑަރު ގާސިމް އިބްރާހިމެވެ. އަދި މީގެ އިތުން އެމްއާރުއެމް އިންވެސް ރައީސް އާއި އެކު ކޯލިޝަން ހެދުމާއި މެދު އަދި ގޮތެއް ނިންމާފައެއް ނުވެއެވެ.

ރައީސް މިހެން ވިދާޅުވީރު، އެމްޑީޕީގެ ޕްރައިމަރީން އުފެދުނު ކޯޅުންގަނޑާއެކު ރައީސް ނަޝީދުވެސް މިހާރު ވަނީ އެމްޑީޕީ އިން ވަކިވެ އަމިއްލަ ޕާޓީއެއް އަނެއްކާވެސް އުފައްދާފައެވެ. އަދި ރައީސް ނަޝީދާއި އެކު އެމަނިކުފާނަށް ތާއީދުކުރައްވާ ފަރާތްތަކުންވެސް ވަނީ ޕާޓީ ދޫކޮށް، ރައީސް ނަޝީދު އުފެއްދި އައު ޕާޓީ "ދަ ޑިމޮކްރެޓްސް" އަށް ބަދަލުވެފައެވެ.

އަދި "ދަ ޑިމޮކްރެޓްސް" އުފެއްދުމަށް މިދިޔަ ބުދަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ރިޔާސީ ރޭހުގައި ރައީސް ސޯލިހު އެކަނިވެވަޑައިގެންފައިވާ ކަމަށް އިޝާރާތް ކުރައްވައި ވާހަކަފުޅުދައްކަވާފައެވެ. އަދި މީގެ އިތުރުން އެމްޑީޕީ އަށް ނިސްބަތްވާ 80 އިންސައްތަ މީހުންނަކީ އެމަނިކުފާނުގެ ފަހަތްޕުޅުގައި ތިއްބެވި މެންބަރުން ކަމަށްވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *