1444 ވަނަ އަހަރު ޙައްޖުގެ މަތިވެރި އަޅުކަންއަދާކުރުމަށްފަހު، ދިވެހި ޙައްޖުވެރިންގެ ފުރަތަމަ ގްރޫޕް މިއަދު ރާއްޖެ އަތުވެއްޖެއެވެ.
ޙައްޖުގެ އަޅުކަން އަދާކުރުމަށްފަހު ރާއްޖެ އައި ފުރަތަމަ ގްރޫޕްގައި ހިމެނެނީ އަލް މަނާސިކް ޕްރައިވެޓް ލިމިޓެޑްގެ ހަވާލުގައި ޙައްޖަށްދިޔަ ޙައްޖުވެރިން ކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތުދެއެވެ.
ސިސިލްފަރު ހައްޖު އެންޑް އުމްރާ ގުރޫޕުގެ ހަވާލުގައި ދިޔަ ހައްޖުވެރިން އައުމަށް ވަނީ ހަމަޖެހިފައިވަނީޖުލައި 11 ވަނަ ދުވަހު އެވެ. ޖުލައި 12 ވަނަ ދުވަހަށް ޝެޑިއުލްކޮށްފައިވާ ފްލައިޓުން، ރާއްޖެ އަންނާނީ އަލްޙަރަމައިން  ހައްޖު އެންޑް އުމްރާ ގުރޫޕުގެ ހަވާލުގައި ދިޔަ ހައްޖުވެރިންނެވެ.

ދިވެހި ހައްޖުވެރިން ގޮވައިގެން ރާއްޖެ އަންނަ އެންމެފަހު ފްލައިޓް އަންނާނީ ޖުލައި 14 ވަނަ ދުވަހުއެވެ. އެންމެފަހު ގްރޫޕެއްގެ ގޮތުގައި އެ ދުވަހު ރާއްޖެ އަންނާނީ  ހައްޖު ކޯރޕަރޭޝަންގެ  ހަވާލުގައިދިޔަ ހައްޖުވެރިންގެ ފަހު ގްރޫޕެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *