އީސީގެ ނައިބު ރައީސް ހަބީބު. ފޮޓޯ: މުހައްމަދު ޝަރުހާން.

އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭގައި ވޯޓުލުމަށް ރެޖިސްޓާވި މީހުން، ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް އަލުން ރީ-ރެޖިސްޓާވާން ނުޖެހޭ ގޮތަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.

އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ، އަލުން މާލެއަށް ރީރެޖިސްޓާ ވާން ނުޖެހޭ ގޮތް ހެދުމަކީ ސިޔާސީ ޕާޓީތަކަށާއި ވޯޓުލާ މީހުންނަށް ވެސް ވަރަށް މުހިންމު ކަމެއް ކަމަށް ދެކޭކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ މިކަން މިގޮތަށް ނިންމާފައި މިވަނީ އީސީން ބޭއްވި ޚާއްސަ ބައްދަލުވުމެއްގައި، ގައުމީ ލަފާދޭ ކޮމެޓީން އެރުވި ލަފައެއްގެ މަތިން ކަމަށެވެ. އަދި އެގޮތަށް އަމަލުނުކޮށްފިނަމަ ކުރިޔެކޭވެސް އެއްފަދައިން އެމީހަކު ރަށްވެހިވެފައި އޮންނަ ތަނަކުން ވޯޓުލާގޮތަށް ހަމަޖެހުމާއި ގުޅިގެން ގިނަ ބައެއްގެ ވޯޓުލުމުގެ ހައްގު ގެއްލިގެންދާނެ ކަމަށް ގަބޫލުކުރެވޭކަމަށް ވެސް ހަބީބު ވިދާޅުވިއެވެ.

މީގެ އިތުރުން ވޯޓުލާ ނިމުމަށްފަހު ބާކީވާ ވޯޓު ކަރުދާސްތައް ކެންޑިޑޭޓުންގެ ނަންބަރު ޖަހާފައި ހުންނަ ފަރާތުން ކަރުދާސް ޕަންޗުކުރުމަށް ވެސް އެ ކޮމިޝަނުން ވަނީ ނިންމައިފައެވެ.

އީސީން ރިޔާސީ އިންތިޚާބަށް ތައްޔާރުވަމުން ދާއިރު، އިންތިޚާބު ބާއްވަން ހަމަޖެހިފައިވާ ތާރީހަކީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *