10 އޭޕްރީލް 2021 - ލޯކަލް ކައުންސިލް އިންތިހާބު 2020 ގެ ވޯޓު ގުނުން ކުރިއަށްގެންދަނީ -- ޖަޒީރާ ފޮޓޯ: މުހައްމަދު އަފްރާހް

ރިޔާސީ އިންތިޚާބުގައި ހަރަކާތްތެރިވާނެ އިތުރު މުވައްޒަފުންނާއި އޮފިޝަލުން ހޯދަން އިލެކްޝަންސް ކޮމިޝަނުން އިއުލާންކޮށްފިއެވެ.

މި އަހަރު ސެޕްޓެމްބަރު މަހުގެ 9 ގައި ބާއްވާ ރިޔާސީ އިންތިޚާބާއި ގުޅިގެން ކުރަން ޖެހޭ އެކި މަސައްކަތްތަކަށް މީހުން ހޯދަން މީގެ ކުރިން ވެސްއިލެކްޝަންސް ކޮމިޝަނުން ވަނީ އިއުލާނުކޮށްފައެވެ.

އެ ކޮމިޝަނުން މިފަހަރު މީހުން ހޯދަން އިއުލާނުކޮށްފައިވަނީ ގައުމީ ކޮމްޕްލެއިންޓްސް ބިއުރޯގެ މެންބަރު ކަމާއި، އެސިސްޓެންޓް މެނޭޖަރު ކަމާއި ،ސީނިއާ އޮފިސަރު ކަމާއި، ގްރެފިކްސް ޑިޒައިނަރު ކަމާއި، ފޯޓްގްރާފަރު ކަމާއި، މީޑިއާ އޮފިސަރު ކަމާއި، ޓެކް އޮފިސަރުކަމާއި، ސެކިއުރިޓީ، ސަޕޯޓް އަދި ލޮޖިސްޓިކް އޮފިސަރުންގެ މަގާމުތަކެވެ. އަދި މީގެ އިތުރުން މަސައްކަތު ވަޒީފާއަށް ކުރިމަތިލުމަށް ވެސް ވަނީ ހުޅުވާލާފައެވެ.

އަދި މި ވަޒީފާތަކުގެ އިތުރުން އިންތިޚާބުގައި ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާނެ އޮފިޝަލުންނަށް ހޯދަން ބޭނުންވާ ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވެއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ މި ވަޒީފާތަކަށް ޝައުގުވެރިވ ފަރާތްތަކަށް އެޕްލިކޭޝަން ފޯމް ދޫކުރުމާއި ފޯމް ބަލައިގަތުން 7 ޖުލައި އިން 8 ޖުލައިގެ ނިޔަލަށް ހުޅުމާލޭ ސެންޓްރަލް ޕާކް އާއި ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ކާމިލް ދީދީ ޕްރައިމަރީ ސްކޫލުގައި ހަވީރު 16:00 އިން 18:00އަށް ކުރިއަށްދާނެ ކަމަށެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ދާއިމީ ލިސްޓު އިލެކްޝަންސް ކޮމިޝަނުން މިދިޔަ މަހު ގެޒެޓްކޮށްފަވާއިރު، އެ ލިސްޓުގައި މިފަހަރު ވޯޓުލެވޭ މީހުންގެ އަދަދު ވަނީ 282،672އަށް އަރާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *