ރައްޔިތުންގެ މަޖިލިސް

އެމްޑީޕީން އެދިގެން ދައުރުން ބޭރުން، ރައްޔިތުންގެ މަޖިލީހުގެ ހާއްސަ ޖަލްސާއެއް އަންނަ ހޯމަ ދުވަހު ބާއްވަން ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރުގެ މަސައްކަތް ނިންމައި، ހުސްވި ޖޫން މަހުގެ 20 ވަނަ ދުވަހުން ފެށިގެން މަޖިލިސް ޗުއްޓީއަށް ދިއުމުން ދައުރުން ބޭރުން މަޖިލީހުގެ ހާއްސަ ޖަލްސާތަކެއް ބާއްވައި ދިނުމަށް ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީން ހުށަހެޅީ، މަޖިލީހުގެ ގަވާއިދުވެސް ބުނާ ގޮތުން މަޖިލީހުން ނިންމަންޖެހޭ މުހިންމު ކަންތައްތަކެއް ހުރުމުގެ ސަބަބުންނެވެ.

އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި ނާއިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަވެސް ހިމެނެއެވެ. އެ ދެ މައްސަލަވެސް ނިންމަން ޖެހޭނެ ކަމަށް މަޖިލީހުގެ ގަވާއިދުގައި ބުނާ މުއްދަތު މިހާރު ވަނީ ފަހަނާޅާ ގޮސްފައެވެ.

ދައުރުން ބޭރުން މަޖިލީހުގެ ޖަލްސާތައް ބާއްވައިގެން ތިންކަމެއް ނިންމައި ދިނުމަށް އެމްޑީޕީން ހުށަހަޅައިފައި ވާއިރު، އޭގެތެރޭގައި މަޖިލީހުގެ ރައީސާއި ނާއިބު ރައީސްގެ އިތުބާރުގެ މައްސަލައިގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ދާއިމީ 16 ކޮމިޓީއާއި ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގައި، މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކާއި ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެންބަރުން ތަމްސީލުކުރައްވާނެ ގޮތުގެ ރިޕޯޓް ނެގުން ހިމެނެއެވެ.

އެގޮތުން އެމްޑީޕީން ހުށަހެޅި ކަންތައްތަކުގެ ތެރެއިން ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައިވަނީ ހަމައެކަނި ޕާޓީތަކުގެ މައްސަލައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *