ކޭ-ޕާކް މަޝްރޫއުގައި މަކަރާހީލަތް ހެދިކަމަށް ކޮރެއާ ކުންފުނިން ބުނާ މަމްދޫހް - ފޮޓޯ:

ހުޅުމާލޭގައި ތަރައްގީ ކުރަމުން އަންނަ މިކްސްޑް ޔޫސް ރެޒިޑެންޝަލް ކޮމްޕްލެކްސް، ކޭ-ޕާކް ފްލެޓުތައް މަކަރާއި ހީލަތުން ވިއްކި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ހައްޔަރުކުރި އެ ކުންފުނީގެ މައިނޯރިޓީ ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ) ގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

މަންޑޭ މިހާރު ހައްޔަރު ކޮށްފައިވާއިރު، މި މަހުގެ ހަތަރުވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ޕާސްޕޯޓް ދޫކޮށްލުމުގެ އަމުރެއްވެސް ނެރެފައެވެ.

މަންޑޭ ހައްޔަރުކޮށްފައިވަނީ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރެއްގެ ދަށުން ރޭގެ ވަގުތެއްގައެވެ. އަދި ބަންދާއިމެދު ގޮތެއް ނިންމުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް އޭނާ މިއަދު މެންދުރު ފަހުގެ ވަގުތެއްގައި ހާޒިރުކުރުމުން ވަނީ 15 ދުވަހުގެ މުއްދަތެއް ޖަހާފައެވެ.

މި މައްސަލައިގައި ހަންބޯއިން އިން ވަނީ ކޭ-ޕާކް ފްލެޓުތައް މަކަރާއި ހީލަތުން މަންޑޭ ގިނަ އަދަދެއްގެ ބަޔަކަށް ވިއްކާފައިވާތީ ޖިނާއީ ތަހުގީގެއް ހިންގައިދިނުމަށް އެދި މައްސަލަ ފުލުހުންނަށް ވެސް ހުށަހަޅައިފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *