ކަނޑު ގަދަ ދުވަހެއްގައި ލޯންޗެއް ދުއްވާފައިދަނީ - ފައިލް ފޮޓޯ: އަވަސް

މާލެއިން ފުރައިގެން މަހިބަދޫ އަށް ދަތުރުކަމުންދިޔަ "ރިކާރޑޯ" ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޔެއް އަޑިއަށް ދާކަމުގެ މައުލޫމާތު ލިބިއްޖެއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި މި ދޯނި އަޑިއަށްދާން ފަށާފައިވަނީ އަލިހުރަސް ކަޑުންނެވެ. އަދި މިކަމުގެ މައުލޫމާތު ލިބުމާއިއެކު އދ. ގެ ޕޮލިސް ލޯންޗުން ވަނީ އެސަރަހައްދުގައި ހަރަކާތްތެރިވެ، އެ ވަގުތު ދޯނީގައި ތިބި 8 މީހުން ފުލުހުންގެ ލޯއްޗަށް ނަގާފައެވެ.

މައުލޫމާތު ލިބޭގޮތުން މި ދޯނިން ދަތުރުކުރި 8 މީހުން މަހިބަދޫ އަށް ގެންދިޔުމަށް މިހާރު ދަނީ ދަތުރުކުރަމުންނެވެ. އަދި މި 8 މީހުންގެ ވެސް ހާލު ރަނގަޅުކަމަށް މައުލޫމާތު ލިބެއެވެ.

އެހެންނަމަވެސް މި ދޯނި މިހާރު އެއްކޮށް އަޑިއަށް ގޮސްފައިވާކަމަށް މައުލޫމާތުލިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *