ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ކުރަމުންދާ މަސައްކަތްތަކަށް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސަޢީދު މުހައްމަދަށް އދ ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ތައުރީފު ކުރައްވައިފި އެވެ.

ދާދިފަހުން ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދުގެ އަރިހުގައި އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގައި ސަޢީދު ވަނީ ނިއުޔޯކްގައި ހުންނަ އދ ގެ މައި މަރުކަޒުގައި ސެކްރެޓަރީ ޖެނެރަލް އާއި ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި، ޔުޓިލިޓީ ކުންފުންޏެއްގެ ގޮތުގައި ފެނަކައިން ފޯރުކޮށްދެމުންދާ ޚިދުމަތްތަކާއި، އަދި އެޚިދުމަތްތައް ފޯރުކޮށްދިނުމުގައި ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް (އެސް.ޑީ.ޖީސް) ހާސިލްކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއިބެހޭ މައުލޫމާތު މެނޭޖިންގ ޑިރެކްޓަރ ވަނީ އދ ގެ ސެކްރެޓަރީ ޖެނެރަލް އާއި ހިއްސާކުރައްވާފައެވެ.

އަދި ނެޓްޒީރޯ ގައުމަކަށް ރާއްޖެ ވާސިލްވުމަށް، ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި، ނެޓްޒީރޯއަށް ވާސިލްވުމަށްފެނަކައިން ކުރަމުންދާ މަސައްކަތްތަކާއި ބެހޭ މައުލޫމާތުވެސް ސެކްރެޓަރީ ޖެނެރަލް އާއި ހިއްސާކުރެއްވި ކަމަށް ފެނަކައިން ބުނެއެވެ.

މި ބައްދަލުކުރެއްވުމުގައި ސެކްރެޓަރީ ޖެނެރަލް ވަނީ ފެނަކައިން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށްތައުރީފްކުރައްވާމ އެސްޑީޖީތައް ހާސިލްކުރުމަށް ކުރައްވަމުން ގެންދަވާމަސައްކަތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.

ފެނަކައިގެ އެމްޑީ ސައީދު އެމެރިާއަށް ކުރެއްވި ދަތުރުފުޅުގައި ފޮރިން މިނިސްޓަރ ޝާހިދުގެ އަރިހުގައި އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކެން އާއިވެސް ވޮޝިންޓަންގައި ބައްދަލުކުރައްވާފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *