ރަންބީރް ކަޕޫރް ލީޑްރޯލުން ފެނިގެންދާ ފިލްމް "އެނިމަލް" ރިލީޒް ކުރާ ތާރީޚް އަނެއްކާވެސް ފަސްކޮށްފިއެވެ.

ގެ އަސްލު ރިލީސްގެ ތާރީހަކީ 11 އޮގަސްޓް 2023 އެވެ، ނަމަވެސް މިހާރު ވަނީ ލަސްކޮށްފައެވެ.

ސަންދީޕް ކަޕޫރް ޑައިރެކްޓްކުރާ ކޯ އެކްޓަރުންގެ ގޮތުގައި އަނީލް ކަޕޫރް، ރަޝްމީކާ މަންޑާނާ، ބޮބީ ޑިއޯލް، އާއެކު ރަންބީރް ކަޕޫރް ލީޑް ކުޅޭ މި އެކްއެކްޝަން ފިލްމް ރިލީޒްކުރުން ލަސްކުރި ސަބަބެއް އަދި ނޭނގުނު ނަމަވެސް، ފިލްނެރެން ކުރިން ތާވަލްކުރި، 11 އޮގަސްޓަކީ އިންޑިއާގެ މިނިވަން ދުވަހެވެ.

މި ފިލްމް ދެން ރިލީޒް ކުރާނެ ތާރީހެއް ފިލްމް ގެ ޕްރޮޑަކްޝަން ޓީމުން ހަފްތާއެއް ތެރޭ އިިއުލާން ކުރާނެކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އެނިމަލް އަކީ މިއަހަރުތެރޭ ނިކުންނަ ބޮލީވުޑް ފިލްމުތަކުގެ ތެރެއިން، ބެލުންތެރިން އެންމެ އިންތިޒާރުކުރާ މަގުބޫލް ކަންވެސް ބޮޑު ފިލްމެކެވެ. ފިލްމުގައި ދައްކައިދެނީ ރަންބީރް ކަޕޫރް މީގެކުރިން ދުވަހަކުވެސް ނުކުޅޭ ރޯލެކެވެ. ފިލްމްގެ ޕްރީ ޓީޒާގައި ފެންނަނީ ރަންބީރް ކަޕޫރް ރަން މާސްކް އަޅައިގެން ތިބޭ ބަޔަކާ ކުރިމަތިލައި ތަޅާ މަންޒަރެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *