ޚަބަރު
ތަރައްގީ ގެނައުމަށް ރައްޔިތުންގެ އެއްބާރުލުން ބޭނުން: ރައީސް

ސަރުކާރުގެ ވައުދުތަކާ އެއްގޮތަށް ތަރައްގީގެ މަޝްރޫތައް ކުރިއަށް ގެންދިޔުމަށް ހުރިހާ ކަމެއް މިހާރުވަނީ ރާވާ ނިމިފައި ކަމަށާއި ދެން ބޭނުންވަނީ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ރައްޔިތުންގެ ތާއީދާ އެއްބާރުލުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވެފައި މިވަނީ ޕީއެންސީގެ ފަރާތުން ކިނބިދޫ ދާއިރާއަށް ވާދަކުރާ އަޝްރަގު އަލީގެ ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ ވައުދުތަކާއި އެއްގޮތަށް ތަރައްގީގެ މަޝްރޫތައް މިހާރު ރާވާ ޕްލޭންކޮށް ނިމި ތަރުތީބުވެސްކޮށްފައިވާ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލިސް އިންތިހާބު ޕީއެންސީއަށް ކާމިޔާބުވެއްޖެ ނަމަ އެމަނިކުފާނުގެ ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ.

ތަރައްގީ ހުރީ ރޭވިފައި، މަޝްރޫއުތައް ހުރީ އެލައިން ކުރެވިފައި. ތަރުތީބު ކުރެވިފައި. ބޭނުންވަނީ އެއްބާރުލުން. ރައްޔިތުންގެ އެއްބާރުލުން.

ރާއްޖޭގެ ތަރައްގީގެ ރާޑަރުގެ މެދަށް ކޮޅުމަޑުލު ހެދުމަށްޓަކައި ތ. އަތޮޅު ރައްޔިތުންގެ އެއްބާރުލުމާއެކު މަސައްކަތްކޮށް އެކަމުގެ ނަތީޖާ ނެރެދެވޭނެކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.

މަޖިލީހަށް ސަރުކާރުގެ ކެންޑިޑޭޓުން މުހިންމު ވަނީ ދާއިރާތަކަށް ގެންނަން ބޭނުންވާ ތަރައްގީގެ މަޝްރޫތައް ކުރިއަށް ގެންދިއުމަށް ބޭނުންވާ ބަޖެޓު ފާސް ކުރުމަށް މަޖިލީހުގެ މެޖޯރިޓީ ބޭނުންވާތީކަމަށް ރައީސް ވިދާޅުވި އެވެ. އަދި އިދިކޮޅު ކެންޑިޑޭޓުން ހޮވައިފި ނަމަ އެ މީހުން މަސައްކަތް ކުރާނީ އަމިއްލަ ފައިދާއަށް ކަމަށާއި ރައްޔިތުންގެ ހައްގުގައި މަސައްކަތެއް ނުކުރާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ ހުރިހާ ފޯކަސްއެއް އޮތީ ނަތީޖާ ނެރުމަށް ކަމަށާއި ރައްޔިތުންގެ ގާތުން ބޭނުންވަނީ ޕީއެންސީގެ ކެންޑިޑޭޓަށް ހެޔޮ ފާހަގަ ޖެހުންކަމަށެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top