ފެނަކައިގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދު

ފެނަކައިގެ ކޯޕަރޭޝަންގެ ނަމުގައި ދައުރުކުރަމުންދާ މެސެޖުތަކަކީ ހަޤީޤަތާއި ހިލާފު މެސެޖުތަކެއް ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދު ވިދާޅުވެއްޖެއެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ ނަމުގައި އެކި މީހުންނަށް ވަޒީފާ ދޭނެ ކަމަށް ބުނެ ކޮށްފައިވާ މެސެޖުތަކެއް ސޯޝަލް މީޑިއާގައި ވަނީ ދައުރުވެފައެވެ.

މިކަމާއި ގުޅޭ ގޮތުން ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާގެ ނަމުގައި ދައުރުވަމުންދަނީ އެއްވެސް ހަޤީޤަތެއް ނެތް މެސެޖުތަކެއް ކަމަށާއި، އެއީ ފެނަކައިގެ އަގު ވައްޓާލަން ބަޔަކު ހިންގާ ނާތަހުޒީބު ފިނޑި އަމަލެއް ކަމަށެވެ.

އަދި އެފަދަ އެއްވެސް މުއާމަލާތެއް ނުހިނގާނެ ކަމުގެ ޔަގީންކަން ދޭ ކަމަށް ސައީދު ވިދާޅުވެފައިވެއެވެ.

މީގެ ކުރިންވެސް މިގޮތަށް ފެނަކައިގެ ނަމުގައި ހަޤީގަތާއި ހިލާފު މެސެޖުތަކެއް ދައުރުވިއެވެ. އެ ކޯޕަރޭޝަނުން ވަނީ މިކަމަށް އާންމުންގެ ފަރާތުން މާފަށްވެސް އެދިފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *