މާލެ އަތޮޅުގެ ރިސޯޓެއްގެ ސްވިމިން ޕޫލެއްގައި 8 އަހަރުގެ ކުއްޖަކު މަރުވެފައި އޮއްވައި ފެނިއްޖެ އެވެ.

މަރުވެފައި އޮއްވައި ފެނުނީ އިންޑިއާ ކުއްޖެކެވެ. އެ ކުއްޖާ ފެނިފައިވަނީ އިއްޔެ ހަވީރުގެ ވަގުތެއްގައި އެ ރިސޯޓުގެ އިންޑޯ ޕޫލަކުން ކަމަށް ވަނީ އެނގިފަ އެވެ.

ފުލުހުން ބުނީ، ރިސޯޓެއްގެ ޕޫލްގައި ކުޑަކުއްޖަކު ގެނބިފައި އޮއްވައި ފެނިގެން އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔަ ކަމުގެ ރިޕޯޓެއް ލިބުނު ކަމަށެވެ. އެ ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޮތީ މަރުވެފައި ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ދަނީ، މި މައްސަލަ އިތުރަށް ތަހުގީގްކުރަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *