ޚަބަރު
ރައްޔިތުން އެންމެ ހާލުގަ ޖެއްސީ ނިމިދިޔަ ސަރުކާރުން: އަދުރޭ

ރައްޔިރުންނަށް އެންމެ އަނިޔާވެރިވެފައި ވަނީ ނިމިދިޔަ އެމްޑީޕީ ސަރުކާރުންކަމަށް ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުއްﷲ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ޕީއެންސީގެ ފަރާތުން އޭދަފުށި ދާއިރާއަށް ވާދަ ކުރައްވާ އަހުމަދު ސަލީމްގެ ކެމްޕޭން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ފާއިތުވި 4،000 އަހަރުގެ ތެރޭގައި ދިވެހި ރައްޔިތުންނަށް އެންމެ ބޮޑު އަނިޔާވެރިކަމެއް ކުރިމަތިކުރީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ދިވެހިން ތަހައްމަލު ކުރީ ވަރަށް އުނދަގޫ ކަންތައްތަކެއް ކަމަށާއި ވަރަށް ހިތްދަތި ތަޖުރިބާތަކެއް ކުރަން ޖެހުނު ކަމަށެވެ. އަދި އޭރުގެ ސަރުކާރުން އަނިޔާނުކުރާ އެއްވެސް ދާއިރާއެއް ނެތްކަމަށާއި ޖެއްސުން ނުކުރާ އެއްވެސް ކަމެއް ނެތްކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަން ކުރައްވަމުން ގެންދަވަނީ ރައްޔިތުންނާ ވަރަށް ގާތުން ކަމަށާއި އެމަނިކުފާނަކީ ހަމަހަމަކަން ގާއިމު ކުރާ ވެރިއެއްކަމަށްވެސް އަބްދުއްރަހީމް ވަނީ ފާހަގަ ކުރައްވާފަ އެވެ. އަދި ރައީސް މުއިއްޒު ފިއްލަވައިގެން ނޫޅުއްވާނެ ކަމަށާއި ރައްޔިތުންގެ ސުވާލުތަކަށް މިހާރުވެސް ޖަވާބު ދެއްވަމުން ގެއްދަވާކަމަށްވެސް ވިދާޅުވި އެވެ.

ޕީއެންސީއަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ވަރަށް މުހިންމުކަމަށް އަބްދުއްރަހީމްގެ ވާހަކަފުޅުގައި ވަނީ ފާހަގަ ކުރައްވާފަ އެވެ. އޭނާ ވިދާޅުވީ މަޖިލިސް މެޖޯރިޓީ މުހިންމު ވަނީ މިހާރުވެސް ކުރަމުންދާ ގޮތުގެމަަތިން ވެރިކަން ކުރުމަށް ފަސޭހަކުރުމަށް ކަމަށެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top