Mumbai: Actress Sonakshi Sinha during trailer launch of her upcoming series 'Dahaad',in Mumbai, on Wednesday, May 3, 2023. (Photo:IANS)

އަލަށް ފީނަން ދިޔަ ދުވަހުގެ ތަޖުރިބާތައް މަޝްހޫރު ބަތަލާ  ސޮނާކްޝީ ސިންހާ ހިއްސާކޮށްފިއެވެ.

ސޮނާކްޝީ ބުނީ އޭނާ ފުރަތަމަ ފީނަން ދިޔައީ ޝޫޓިންއަކަށް ރާއްޖެ އައިސް އުޅެނިކޮށް ލިބުނު ހުސް ވަގުތެއްގައި ކަމަށެވެ. ލިބުނު ހުސްވަގުތެއްގައި ޑައިވިން ސެންޓަރަކަށް ދިޔުމުން،  ފީނަން ދިޔުމަށް އެމީހުން ހިޔާލުދިން ކަމަށެވެ.

ސޮނާކްޝީ ބުނީ އެއީ ވަރަށް އާދަޔާއި ހިލާފް ތަޖުރިބާއެއް  ކަމަށެވެ. ކަނޑު އަޑީގެ ރީތި މަންޒަރުތައް ފެނި ހައިރާންވި  ކަމަށާއި މޫދުން އަރަން ބޭނުން ނުވި ކަމަށެވެ.

ސޮނާކްޝީ ވަރަށް ގިނައިން ރާއްޖެއަށް ޒިޔާރަތްކުރެއެވެ.  އަދި އޭނާ ދަނީ މޫދުގައި ވަގުތު ހޭދަކުރުމުގެ މުހިންމުކަން އޭނާގެ ފޭނުންނާއިވެސް ހިއްސާކުރަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *