ސައިފް އަލީ ހާން އަދި ކަރީނާ ކަޕޫރުގެ ދޮށީ ފިރެހެން ދަރި ތައިމޫރު އަލީ ހާން އަށް ކްރިކެޓަށްވުރެ ކަމުދަނީ ފުޓްބޯޅަ ކަމަށް އޭނާގެ ބައްޕަ ސައިފް ބުނެފިއެވެ.

ކްރިކެޓަކީ ސައިފްގެ އާއިލާއާއި ވަރަށް ބޮޑަށް ގުޅިފައިވާ ކުޅިވަރެކެވެ. އެގޮތުން ސައިފްގެ ބައްޕަ މަންސޫރު އަލީ ހާން އަކީ އިންޑިއާގެ ލެޖެންޑްރީ ކުރިކެޓް ކުޅުންތެރިއެކެވެ. ސައިފްވެސް ކްރިކެޓް ކުޅޭ މީހަކަށްވާން ބޭނުންވިނަމަވެސް، އޭނާގެ ގައިގަ އެ ހުނަރު ނެތުމުން އެކަން ކާމިޔާބު ނުވީއެވެ.

ސައިފް ބުނީ ތައިމޫރު ޝައުގުވެރިކަން ހުންނަނީ ފުޓްބޯޅައަށް ކަމަށެވެ. ސައިފް ބުނީ އޭނާގެ އާއިލާގައި ފުޓްބޯޅައިން ވިދާލުމަށް މަސައްކަތް ކުރަނީ ތައިމޫރު ކަމަށެވެ.

ސައިފް އިތުރަށް ބުނީ އޭނާގެ ފުރަތަމަ ކައިވެންޏަށް އަމްރިތާ ސިންގަށާއި ދެމީހުންނަށް ލިބުނު ފިރެހެން ދަރި އިބްރާހިމް އަލީ ހާން ޝައުގުވެރިވަނީ ކްރިކެޓަށް ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *