އަމީނީމަގުގައި ތާރުއަޅާ ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން 8 ވަނަ ސެގުމެންޓުގެ މަސައްކަތް މިއަދު ފަށައިފިއެވެ.

ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ބުނީ، ސެގްމެންޓް 8 ގައި މިވަގުތު މަސައްކަތް ކުރަން ހަމަޖެހިފައި ވަނީ ބިލަންބޮންގ ސުކޫލްއިން ފެށިގެން ގަލޮޅު ޕޮލިހާ ހަމައަށް ކަމަށްވެސް އެކުންފުނިން ބުންޏެވެ.

ސްޓެލްކޯ އާއި ހަމައިން ބިލަބޮންގ ސުކޫލާ ހަމައަށް އޮންނަ ބައިގައި ތާރުއަޅާ މަގުމަތީގެ ކުރެހުންތަކާއި ޕޭމަންޓްގެ މަސައްކަތް ނިންމާ 6 ވަނަ ދުވަހުގެ ރޭ ވަނީ އާންމުންނަށް އެ މަގު ހުޅުވާލާފައެވެ.

މި މަޝްރޫއު ނިމޭއިރު އަމީނީ މަގުގައި 1.7 ކިލޯ މީޓަރުގައި ތާރުއަޅާ ނިމޭނެ ކަމަށާއި އަދި މަގުގައި ފެން ހިންދާ ނިޒާމު ގާއިމުކުރުމުގެ އިތުރުން މަގު ބައްތި ޖެހުމުގެ މަސައްކަތް ނިމޭނެކަމަށް އާރްޑީސީން ބުނެފައިވެއެވެ.

އަމީނީ މަގު ތަރައްގީކުރުމުގެ މަސައްކަތް އާރްޑީސީ އާއި ހަވާލު ކުރީ 03 ޖުލައި 2022 ގައެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ އޮގަސްޓު މަހުގެ 20 ވަނަ ދުވަހުއެވެ.

އަމީނީ މަގު ތަރައްޤީކުރުމުގެ މަޝްރޫއަކީ، 84 މިލިއަން ރުފިޔާގެ މަޝްރޫއު އެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *