ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އިއްޔެ ހަވީރު މޯލްޑިވްސް ފުޑް އެންޑް އޮތޯރިޓީ އާއި ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ ގުޅިގެން ހާއްސަ މައުރަޒަކާއި ކުޑަކުދިންގެ ހަވީރެއް ބާއްވައިފިއެވެ.

މި ދުވަހާ ގުޅިގެން ސުކޫލްތަކުގެ ދަރިވަރުންގެ މެދުގައި ވަނީ ކާބޯތަކެތީގެ ރައްކާތެރިކަމަކީ ކޮބައިކަން ދައްކުވައިދޭ ކުރެހުމުގެ މުބާރާތެއް ބާއްވާފައެވެ. އެކި އުމުރުފުރާތަކަށް ބަހާލައިގެން ގެންދެވުނު މި މުބާރާތުގެ ކުރެހުންތަކަށް ވަނަ ހޮވާ އެފަރާތްތަކަށް އިނާމް ދިނުމަށްޓަކާ އިއްޔެ ހަވީރު ވަނީ ހާއްސަ ޙަފްލާއެއްވެސް ބާއްވާފައެވެ.

އެ ހަފްލާ ޝަރަފްވެރި ކޮށްދެއްވީ މިނިސްޓުރީ އޮފް ހެލްތުގެ ޕާމަނަންޓް ސެކެޓްރީ އާއިޝަތު ސާމިޔާއެވެ. ސާމިޔާ ވިދާޅުވީ، ދަރިވަރުންނާއި ދަރިވަރުންގެ އާއިލާތަކަށް ރައްކާތެރި ކާބޯތަކެއްޗަކީ ކޮބައިކަމާއި ކާބޯތަކެތި ރައްކާތެރި ގޮތުގައި ބޭނުން ކުރާނެ ގޮތާއިބެހޭ މައުލޫމާތު ލިބިފައިވާކަން ސުކޫލްތަކުން ހުށަހެޅި 100 އައްވުރެ ގިނަ ކުރެހުންތަކުން އެނގިގެން ދިޔަކަމަށެވެ.

މި ހަފްލާގެ އިތުރުން އިއްޔެ ބޭއްވި ކުޑަކުދިންގެ ހަވީރުގައި ރައްކާތެރި ކާބޯތަކެއްޗާއި ބެހޭ މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ކުރިއަށް ގެންގޮސްފައެވެ. އަދި ކުދިންގެ އުމުރުފުރާ އާއި ގުޅޭގޮތުން ރައްކާތެރި ކާބޯތަކެއްޗާއި ބެހޭ މައުލޫމާތު ދިނުމާއި އެހެނިހެން ހަރަކާތްތައް ކުރިއަށްގެން ގޮސްފައިވެއެވެ.

ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހަކީ ޖޫން މަހުގެ 7 ވަނަ ދުވަހެވެ. ދުނިޔޭގެ އެކި ގައުމުތަކުގައި މިދުވަސް ފާހަގަ ކުރުމަށް ގިނަ ހަރަކާތްތަކެއް ކުރިޔަށް ގެންގޮސްފައިވެއެވެ. މި ދުވަސް ފާހަގަ ކުރުމުގެ މަޤުސަދަކީ ކާބޯތަކެތި ރައްކާތެރިކަމަށް އާންމުން ހޭލުންތެރި ކުރުވުމެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *