އިނގިރޭސިވިލާތުގެ ކުރީގެ ބޮޑު ވަޒީރު ބޮރިސް ޖޯންސަންސް - ފޮޓޯ: ރޮއިޓަސް

އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ބޮރިސް ޖޯންސަންސް ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުންކަމުން އިސްތިއުފާދެއްވައިފިއެވެ.

ބޮރިސް އިސްތިއުފާދެއްވީ އޭނާ މަގާމުން ދުރުކުރުމަށް ގާނޫނު ހަދާ މަޖިލީހުން މަސައްކަތްފަށާފައިވާ ކަމަށް ތުހުމަތުކޮށެވެ. ކޮވިޑް 19 ގެ ލޮކްޑައުންގެ ތެރޭގައި އިނގިރޭސިވިލާތުގައި މީހުން އެއްވެ އުޅުން މަނާކޮށްފައިވަނިކޮށް އޭރު ބޮޑުވަޒީރުކަމުގައި ހުންނަވަގެން ބޮރިސް ޕާޓީކުރެއްވި މައްސަލައެއް ފެންމަތިވެ އެމައްސަލަ ވަނީ ޤާނޫނު ހަދާމަޖިލީހަށް ހުށަހަޅާފައެވެ. އަދި އެ މައްސަލަ ބަލާ އިމްތިޔާޒް ކޮމިޓީގައި ބޮރިސް ވަނީ އޭނާ އެމައްސަލައިގައި ޤާނޫނު ހަދާ މަޖިލީހަށް އޮޅުވާލެއްވި ކަމަށް އެއްބަސްވެވަޑައިގެންފައެވެ. އެހެންނަމަވެސް އެއީ ގަސްތުގައި ކުރެއްވިކަމެއް ނޫން ކަމަށް ބޮރިސް ވަނީ ކޮމިޓީގައި ވިދާޅުވެފައެވެ.

އެއްމައްސަލަ ޤާނޫނު ހަދާ މަޖިލީހުން ބަލަމުން އަންނަނީ އޭނާގެ މެންބަރުކަން ގެއްލުވާލުމަށް ކަމަށް ތުހުމަތުކޮށް ބޮރިސް އިސްތިއުފާދެއްވީ ހުކުރު ދުވަހެވެ. ސިޔާސީ ޕްރޝަރާއި ހެދި ބޮޑުވަޒީރު ކަމުންވެސް އިސްތިއުފާ ދެއްވި 58 އަހަރުގެ ބޮރިސް އަށް ކުރިމަތިލާން ޖެހިފައިވަނީ އޭނާގެ ސިޔާސީ ކުރިމަގާއި މެދު ވަރުގަދަ ކުރިމަތިލުމަކާއެވެ.

އެއީ އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީސް (ހައުސް އޮފް ކޮމަންސް) އިން ތަހްޤީގް ކުރަމުންދާ "ޕާޓީގޭޓް" މައްސަލައިގައި ކޮވިޑް 19 ގެ ހުރިހާ ގަވާއިދަކަށް ބޯލަނބާފައިވާނެ ކަމަށް ވިދާޅުވެ ޤާނޫނު ހަދާ މަޖިލީހަށް އޮޅުވާލި މައްސަލައާއި ގުޅިގެން ކުރިޔަށް ގެންދާ ތަހްގީގުގެ ސަބަބުންނެވެ.

އިމްތިޔާަޒް ކޮމިޓީއަށް ބޮރިސް ގަސްތުގައި އޮޅުވާލިކަން ނުތަވަ ފަރުވާކުޑަކުރިކަން ސާބިތުވެއްޖެނަމަ، 10 ދުވަހަށްވުރެ ގިނަ ދުވަހު މަޖިލީހުން ސަސްޕެންޑް ކުރުމަށް ލަފާދިނުމުގެ ބާރު އެ ކޮމިޓީއަށް ލިބިގެންވެއެވެ.

ބޮރިސް ވިދާޅުވީ އިމްތިޔާޒް ކޮމިޓީން އޭނާއާއި ދެކޮޅަށް ހިންގާ ތަހުގީގަކީ އޭނާ މަޖިލީހުން ބޭރުކުރުމަށް ހިންގާ ތަހްގީގެއްކަން ސާފު ކަމަށާއި، އެ ކޮމިޓީން ލިބިފައިވާ ސިޓީ ލިބިވަޑައިގެންނެވުމުން ހައިރާންވެވަޑައިގެންނެވި ކަމަށެވެ. އަދި އެ ޝަރީއަތްތައްހިންގައިގެން އޭނާ ޤާނޫނު ހަދާ މަޖިލީހުން ވަކިކުރުމުގެ އަޒުމު އެ ކޮމިޓީން ކަނޑައަޅާފައި އޮތް ކަމަށް އޭނާއަށް ސާފުވެވަޑައިގެންފިކަމަށް ބޮރިސް ވިދާޅުވިއެވެ.

މަޖިލީސް ދޫކޮށް ދާން ޖެހުމަކީ ވަރަށް ދެރަކަމެއް. އަޅުގަނޑަށް މަޖުބޫރުކޮށްގެން ދާން ޖެހޭތީ ބިރުވެރިކަމާއި ކަންބޮޑުވުންވެސް އެބައޮތް"

ބޮރިސް ބޮޑުވަޒީރުކަމުގެ ދައުރު ހަމަނުކުރައްވާ ބޮޑުވަޒީރުކަމުން އިސްތިއުފާ ދެއްވަން ޖެހިޑައިގެންނެވީވެސް އެގައުމުގެ ސިއްހީ އިދާރާތަކުން ކަނޑައެޅި ކޮވިޑް 19ގެ ގާވާއިދުތަކާއި ހުރުމަތްތެރިކޮށް ނުހިތާ، ގިނަބަޔަކު އެއްކޮށްގެން ޕާޓީއެއް ބޭއްވެވި މައްސަލައިގައި އާންމުންނާއި ގާނޫނު ހަދާ މަޖިލީހާއި އެހެން ސިޔާސީ ފަރާތްތަކުގެ ނުރުހުމާއި ރުޅިވެރިކަން ބޮޑުވެ، އޭނާއަށް ކުރިމަތިފި ސިޔާސީ ފިއްތުންތަކާއި ގުޅިގެންނެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *