މާލެ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު -- ފޮޓޯ: މާލެ ސިޓީ ކައުންސިލް

ގަވައިދާއި ހިލާފަށް ކުނި މެނޭޖުކުރާތީ މާލެ ސިޓީ ކައުންސިލް ޖޫރިމަނާ ކޮށްފިއެވެ.

އެންވަޔަރަމެންޓު  ޕްރޮޓެކްޝަން  އެޖެންސީން ބުނީ، ގަވައިދާއި ހިލާފަށް  ކުނި މެނޭޖުކުރާތީ މާލެ ސިޓީ ކައުންސިލްގެ އިދާރާ ޖުމުލަ 45,500.00 ރުފިޔާ އިން 08 ޖޫން 2023 ގައި ވަނީ ޖޫރިމަނާކޮށްފައި ކަމަށެވެ.

އީޕީއޭއިން  ބުނީ، ބުނީ މާލޭގެ އެދުރުހިޔާ އިރުމަތީ ފަރާތުން އޮންނަ މާލެ ސިޓީ ކައުންސިލްގެ ބިމަށް، ކައުންސިލުން ގިނަ އަދަދަކަށް ކުނި އަޅާކަމުގެ ޝަކުވާ ލިބިފައިވާތީ އެ މައްސަލަ ބަލައިފައިވާނެ ކަމަށެވެ.

އެގޮތުން މާލޭގެ މަގުތަކަށް ގަވާއިދާ ހިލާފަށް ކުނި އަޅާފައި ހުންނަކަމުގެ ޝަކުވާ ސިޓީ ކައުންސިލަށް ލިބުމުން، އެތަން ތަނަށް ގޮސް ކުނި ނަގައި ސާފުކުރަމުގެ މަސައްކަތް ކައުންސިލުން ކުރާ ކަމަށާއި އެގޮތަށް ނަގާ ކުނި ވެމްކޯގެ ސައިޓް ބަންދު ގަޑިތަކުގައި ސިޓީ ކައުންސިލްގެ މާލޭ އެދުރުހިޔާ އިރުމަތީ ފަރާތުން އޮންނަ ކަންސިލްގެ ބިމުގައި ބަހައްޓާ، ހެނދުނު އެ ކުނިތައް އުކާލާކަން ފާހަގަކުރެވިފައިވާ ކަމަށް ބުންޏެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *