ސީޝެލްސްގެ ރައީސް ވޭވަލް ރަމްކަލަވަން ރަސްމީ ދަތުރުފުޅެއްގައި ރާއްޖެވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

ސީޝެލްސްގެ ރައީސް ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ 11 ވަނަ ދުވަހެވެ. ދަތުރު ނިންމާލެއްވުމަށްފަހު އެބޭފުޅާ ފުރާވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ 14 ވަނަ ދުވަހަށެވެ.

ފުލުހުން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ، އަންނަ އާދިއްތަ އިން ބުދަ ދުވަހަށް ސީޝެލްސްގެ ރައީސް ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅާ ގުޅިގެން، މާލޭގެ ޖެޓީ ނަންބަރު 3, 2, 1 ލޯކަލް މާރުކޭޓް ސަރަހައްދުން ފެށިގެން އިއްޒުއްދީން ފާލަމާ ހަމައަށް، ފަޅަށް ވަދެ ނުކުމެ ހެދުން ސަލާމަތީ ސަބަބުތަކަށްޓަކައި އެކި ވަގުތު ތަކުގައި ބަންދު ކުރެވޭނެކަމަށެވެ.

މި ދަތުރުފުޅާގުޅޭ އެއްވެސް ތަފްޞީލެއް ސަރުކާރުން އަދި ހާމަކުރައްވާފައެއްނުވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *