ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކާޖަލް ދޭވްގަން ސޯޝަލް މީޑިއާއިން ދުރުވެ ދުވަސްކޮޅަކަށް ބްރޭކެއް ނަގައިފިއެވެ.
އިންސްޓަގްރާމު އަދި ޓްވިޓާގައި ހިއްސާކުރި ޕޯސްޓެއްގައި ކާޖަލް ވަނީ އޭނާ ސޯޝަލް މީޑިއާއިން ބްރޭކެއް ނަގާފައިވާކަން އިއުލާންކޮށްފައެވެ. އެގޮތުން އެ ޕޯސްޓްގައި ބުނެފައިވަނީ، މިދުވަސްކޮޅު ދިރިއުޅުމުގައި މީގެކުރިން ކުރިމަތި ނުލާ ފަދަ އުނދަގޫތަކަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.
ކާޖަލް ވަނީ އިންސްޓަގްރާމްގައި ޕޯސްޓްކޮށްފައިވާ އޭނާގެ ހުރިހާ ފޯސްޓްތަކެއްވެސް ނަގައިފައެވެ. ކާޖަލް ސޯޝަލް މީޑިއާއިން ބްރޭކެއް ނަގާކަން އިއުލާން ކުރި ހިސާބުން ފެށިގެން އޭނާގެ ފޭނުން ދަނީ ކާޖަލްގެ ހާލު އަހައި މެސެޖްތައް ކުރަމުންނެވެ.
ކާޖަލް ދެން އެންމެ އަވަހަށް ފެނިގެންދާނީ "ލަސްޓު ސްޓޯރީސް 2" އިންނެވެ. ބޮލީވުޑްގެ ބަތަލު އަޖޭ ދޭވްގަންގެ އަންހެނުން ކާޖަލް ވަނީ ފިލުމު އިންޑަސްޓްރީއާއި ދުރުގައި ގިނަ ދުވަސްތަކެއް ވަންދެން މަޑުކޮށްފައެވެ. ދަރިންނަށް ކިޔަވައިދޭން ސިންގަޕޫރަށް ދިރިއުޅުންވެސް ބަދަލުކުރިއެވެ.
އަޖޭ އާއި ކާޖަލް ގެ ގުޅުން ހީނަރުވެފައިވާ ކަމަށްވެސް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ.
2022 ވަނަ އަހަރުވަނީ މުމްބާއީގައި ކަންގަނާ ރަނާވަތް އާއި އެކު އަޖޭ ކުޅުނު ފިލްމެއްގެ ޝޫޓިންތެރެއިން ކަންގަނާ އާއި ގާތް ގުޅުމެއް އުފެދުނު ކަމަށް ބުނާ މައްސަލައެއް ފެންމަތިވެ އޭރުވެސް ދެމަފިރިންގެ މެދުގައި މައްސަލަތައް ޖެހެންފެށި ކަމަށް ބައެއް މީޑީއާތަކުގައި ރިޕޯޓްކޮށްފައިވެއެވެ.