ބޮލީވުޑްގެ މަޝްހޫރު ބަތަލު ރަންބީރު ކަޕޫރު ލީޑްރޯލުން ފެނިގެންދާ ފިލްމު "އެނިމަލް" މިއަހަރުގެ އޮގަސްޓު މަހުގެ 11 ގައި ރިލީޒް ކުރުމަށް ތާވަލުކޮށްފިއެވެ.

އެނިމަލްގެ ލީޑުން ރަންބީރުގެ އިތުރުން ސައުތުގެ މަޝްހޫރު ބަތަލާ ރަޝްމިކާ މަންޑާނާ ފެނިގެންދާނެއެވެ. އެ ފިލްމަކީ އެކްޝަން ތުރިލާއެކެވެ.

އެނިމަލް އަކީ ބުޝަން ކުމާރު އަދި ކްރިޝަން ކުމާރުގެ ޓީ ސީރީޒް އާއި، މުރާދު ހެޓާނީގެ ސައިން 1 ސްޓޫޑިއޯސް އަދި ޕްރެނޭ ރެޑީގެ ބްދަރަކަލީ ޕިކްޗާސް ގުޅިގެން ޕްރޮޑިއުސްކޮށްފައިވާ ފިލްމެކެވެ.

މުހިންމު ރޯލަކުން ބޮބީ ޑިއޯލްވެސް ފެނިގެންދާ މި ފިލްމު ވެގެންދާނީ ރަންބީރު އަދި  ރަޝްމިކާ އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *