ނޫސްވެރިކަމުގެ އިނާމު 2021 ގެ ތެރެއިން

މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ ނޫސްވެރިކަމުގެ އިނާމަށް  ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާަލައިފިއެވެ.

ނޫސްވެރިކަމުގެ އިނާމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މީޑިއާ ކައުންސިލުން ހުޅުވާލާފައިވަނީ 02 ޖުލައި 2023 ވާ އާދިއްތަ ދުވަހުގެ ނިޔަލަށެވެ.

މިއިނާމަށް ކުރިމަތިލާ ނޫސްވެރިންނަކީ ފާއިތުވެދިޔަ އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ޑިސެންބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް، މަދުވެގެން ޖުމުލަ 9 މަސްދުވަހު މަސައްކަތްކޮށްފައިވާ ނޫސްވެރިއަކަށް ވާންޖެހެއެވެ.

ނޫސްވެރިކަމުގެ އިނާމަކީ ނޫސްވެރިން ކުރާ ބުރަ މަސައްކަތް ފާހަގަކޮށް، އަދި މި ދާއިރާއިން އިތުރަށް ކުރިއަށްދިއުމަށް ނޫސްވެރިންނަށް ހިތްވަރު ދިނުމުގެގޮތުން މޯލްޑިވްސް މީޑިއާ ކައުންސިލުން ދެމުން އަންނަ އެވޯޑެކެވެ.

ނޫސްވެރިކަމުގެ އިނާމު ދޭ ދާއިރާތަކުގެ ތެރޭގައި، މި ތަހްގީގީ ނޫސްވެރިކަން، ދެމެހެއްޓެނިވި ތަރައްގީއާއި އިޖްތިމާއީ ދާއިރާ، ސިޔާސީ، ޝަރުއީ އަދި  ގާނޫނީ، ވިޔަފާރިއާއި އިގްތިސާދު، އަދި ކުޅިވަރުގެ ދާއިރާ ހިމެނެއެވެ.

މީގެއިތުރުން، ފޮޓޯ ޖާރނަލިޒަމް، ވީޑިއޯ ޖާރނަލިޒަމް، ގްރެފިކްސްއާއި އިލެސްޓްރޭޝަންސް، ފީޗަރ، އުންމީދީ ނޫސްވެރިޔާ އަދި އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާވެސް ހޮވާނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *