ވިއްސާރަ ދުވަހެއްގައި ރާއްޖޭގެ ރަށެއްގެ ބަނދަރު ސަރަހައްދު - ފޮޓޯ: ވިސާމް

މޫސުމީ އެކި ކާރިސާތަކުގައި ރަށްތަކަށް ލިބުނު ގެއްލުންތަކާއި ގުޅިގެން ގެއްލުންވި ގެތަކަށް 5.3 މިލިއަން ރުފިޔާގެ އެހީ ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.

އެންޑީއެމްއޭއިން ބުނީ މިދިޔަ އޭޕްރީލް މަހުން ފެށިގެން މެއި މަހުގެ ނިޔަލަށް "ކާރިސާތަކުގައި ލިބޭ ގެއްލުން ބަޔާންކުރާ ފޯމު" 11 ރަށަކުން 163 ފޯމު ހުށަހަޅާފައިވާ ކަމަށެވެ. އޭގެ ތެރެއިން 125 ފޯމު ހުށަހަޅާފައި ވަނީ އައްޑޫ ސިޓީގެ ރަށްތަކުންނެވެ.

އެންޑީއެމްއޭއިން ބުނީ ކާރިސާތަކުގައި އެހީ ދިނުމުގެ މިންގަނޑުގެ ދަށުން ޝަރުތުހަމަވަނީ 6 ރަށެއްގެ 116 ގެއެއް ކަމަށެވެ. އެގޮތުން އެންމެ ބޮޑު އަދަދެއްގެ ފައިސާ ދޭން ހަމަޖެހިފައިވަނީ އައްޑޫ ސީޓީ ފޭދޫގެ ގެތަކަށްކަން ފާހަގަކޮށް އެންޑީއެމްއޭއިން ބުނީ ފޭދޫގެ ގެތަކަށް 4.02 ލައްކަ ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެހީ ދޭން ހަމަޖެހިފައިވާ ރަށްތައް އަދި ފައިސާގެ އަދަދު:
  • ސ. މަރަދޫ - 19،590 ރުފިޔާ
  • ސ. ފޭދޫ - 402،102 ރުފިޔާ
  • ސ. މީދޫ - 1،044 ރުފިޔާ
  • ސ. ހިތަދޫ - 42،225 ރުފިޔާ
  • ސ. ހުޅުދޫ - 8،460 ރުފިޔާ
  • ގދ. މަޑަވެލި 57،949 ރުފިޔާ

އެންޑީއެމްއޭއިން ބުނީ އެހީގެ ގޮތުގައި ދިނުމަށް ހަމަޖެހިފައިބާ 61 އިންސައްތަ އެހީއަކީ ސްޓަރަކްޗަރަލް ގެއްލުންތަކަށްދޭ އެހީކަމަށާ ބާކީ 39 އިންސައްތައަކީ ގޭގައި ގެންގުޅޭ ޒަރޫރީ ތަކެއްޗާ ހިފާގެންގުޅޭ ތަކެއްޗަށް ލިބުނު ގެއްލުންތަކަށް ދޭ އެހީ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *