ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން، އެސްޓީއޯ އިން ވިއްކާ ތެލުގެ އަގު ހެޔޮކޮށްފިއެވެ.
މިއީ މިއަހަރުގެ ތެރޭގައި އެސްޓީއޯއިން ތެލުގެ އަގު ހެޔޮކުރި 2 ވަނަ ފަހަރެވެ. އެންމެ ފުރަތަމަ ތެލުގެ އަގު ހެޔޮކުރީ މެއި މަހުގެ 1 ވަނަ ދުވަހުއެވެ.
އެސްޓީއޯ އިން ބުނީ މިއަދުން ފެށިގެން ޕެޓްރޯލް ލީޓަރަކުން 14 ލާރި އަދި ޑީސަލް ލިޓަރަކުން 63 ލާރި ހެޔޮކޮށްފައިވާ ކަމަށެވެ. އެހެންކަމުން މިހާރު ޕެޓްރޯލް ލީޓަރެއްގެ އަގަކީ 14.73 ރުފިޔާއެވެ. ޑީސަލް ލީޓަރެއްގެ އަގަކީ 15.07 ރުފިޔާއެވެ.
މީގެކުރިން ޕެޓްރޯލް ޕެޓްރޯލް ލީޓަރެއް ހުރީ 15.14 ރުފިޔާއަށެވެ. އަދި ޑީސަލް ލީޓަރެއް ހުރީ 15.70 ރުފިޔާއަށެވެ.
އެސްޓީއޯއިން ބުނީ އެކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ އެކުންފުނިން ފޯރުކޮށްދޭ އެންމެހާ ޚިދުމަތްތައް ހުއްޓުމެއްނެތި، ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށްކަމަށެވެ.
އެސްޓީއޯއިން ވިއްކާ ތެލުގެ އަގަށް ބަދަލު ގެންނަނީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ އަގަށް ބަލާފައި ކަމަށް އެކުންފުނިން ބުނެއެވެ.