ނޯވާ ކަޚޮވްކާ ޑޭމް ހަލާކުކޮށްލުމުގެ ސަބަބުން ފެންބޮޑުވެފައިވާ ސަރަހައްދުތަކުގައި މަރުވެފައިވާ ހަށިގަނޑުތައް އޮޔާދާ ކަމަށް ޔޫކްރޭންގެ ރައީސް ވޮލޮޑިމިއާ ޒެލެންސްކީ ވިދާޅުވެއްޖެ އެވެ.
ސޯވިއެޓް ޒަމާނުގައި ގާއިމުކޮށްފައިވާ ހައިޑްރޯއިލެކްޓްރިކް ޑޭމް އަންގާރަ ދުވަހުގެ ވަގުތެއްގައި ވެއްޓިފައިވާއިރު، ޔޫކްރެއިންގެ ޑްނިޕްރޯ ސަރަހައްދުގައި ވަނީ ފެން ބޮޑުވެފައިވެ އެވެ.
އެމެރިކާގެ އޮންލައިން ނޫހެއް ކަމަށްވާ، ޕޮލިޓިކޯއަށް މައުލޫމާތު ދެއްވަމުން ބުދަ ދުވަހު ޒެލެންސްކީ ވިދާޅުވީ ރަޝިޔާއިން އަންނަނީ އެ ޑޭމް ސަރަހައްދުން މީހުން ސަލާމަތް ކުރުމަށް ހަރަކާތްތެރިވާ އޮފިޝަލުންގެ ގަޔަށްވެސް ބަޑިޖަހާފައިވާ ކަމަށެވެ.
ޑޭމް ހަލާކުވުމާއި ގުޅިގެން ދެގައުމުން އަންނަނީ އެއްގައުމު އަނެއްގައުމަށް ތުހުމަތުގެ އިނގިލި ދިއްކުރަމުންނެވެ. ފެންބޮޑުވިޔަނުދީ ފެންގަނޑު ކޮންޓްރޯލް ކުރުމަށް ހަދާފައިވާ ޑޭމް ވެއްޓުމުގެ ސަބަބުން ފެންބޮޑުވެފައިވާ ސަރަހައްދުގައި ގެނބިފައިވާ މީހުން ގޭގެ ފުރާޅުތައް މަތިންވެސް އޮޔާދާތަން ފެންނަ ކަމަށް ޒެލެންސްކީ ވިދާޅުވިއެވެ. އަނެއްކޮޅުން ރަޝިޔާއިން ހިފާފައިވާ ޚާރސަން ރީޖަން އިން މީހުން ސަލާމަތް ކުރުމަށް އުނދަގޫވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ޒެލެންސްކީ ވިދާޅުވީ މަރުވި މީހުންގެ އަދަދު އަދި ދެނެގަންނަން ނޭންގޭ ކަމަށެވެ.