އިއާދަކުރަނިވި ހަކަތައިގެ ދާއިރާއަށް ހާއްސަ އިންވެސްޓަރ ކޮންފަރެންސް ފަށައިފިއެވެ.
120 އަށްވުރެ ގިނަ ބައިވެރިންނާއި އެކު ބާއްވާ އެ ކޮންފަރެންސްފެށުމުގެ ރަސްމިއްޔާތު އޮތީ ބަންޑޮސް މޯލްޑިވްސް ރިސޯޓުގައެވެ. ޖުމްލަ 141 އިންވެސްޓަރުންވަނީ މި ކޮންފަރެންސްގައި ބައިވެރިވުމަށް ރަޖިސްޓަރވެފައެވެ.
އެންވަޔަރަމެންޓް މިނިސްޓްރީ އިން ބުނީ، އެ ކޮންފަރެންސްގެ މައިގަނޑު މަގްސަދަކީ ވާރލްޑް ބޭންކުގެ އެހީގައި އެ މިނިސްޓްރީން ހިންގުމަށް ރާވައިފައިވާއިއާދާކުރަނިވި ހަކަތައިގެ މަޝްރޫޢުތަކަށް ޕްރައިވެޓް އިންވެސްޓްމަންޓް ހޯދުމާއި އަދިޖުމްލަކޮށް ރާއްޖޭގެ އިއާދަކުރަނިވި ހަކަތައިގެ ދާއިރާއަށް ހުރި ފުރުސަތްތަކުގެމައުލޫމާތު އިންވެސްޓަރުންނަށް ފޯރުކޮށްދިނުން ކަމަށެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުން ޖުމްލަ 17 ގައުމަކުން އިންވެސްޓަރުންނަށް ބައިވެރިވިމި ކޮންފަރެންސްގައި ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓަރ އޮފްއެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އައިމިނަތު ޝައުނާ އަދި މިނިސްޓަރ އޮފް ފިނޭންސް އިބްރާހިމް އަމީރު ކީނޯޓް ސްޕީކަރުންގެ ގޮތުގައިތަޤްރީރުކުރެއްވިއެވެ. އަދި ވާރލްޑް ބޭންކްގެ ފަރާތުން ސްރީލަންކާ އަދިދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަ ކަންޓްރީ ކަންޓްރީ މެނޭޖަރ ޗީޔޯ ކަންޑާވެސްކީނޯޓް ސްޕީކާރގެ ގޮތުގައި ވާހަކަދެއްކެވިއެވެ.
ޖޫން 7 – 8 އަށް ކުރިއަށް ގެންދާ މި ކޮންފަރެންސްގައި އެންވަޔަރަންމަންޓް މިނިސްޓްރީން ހިންގާ އެރައިސް މަޝްރޫޢުގެ ދަށުން އިއުލާންކޮށްފައިވާ 16 މެގަވޮޓްއިއާދަކުރަނިވި ހަކަތައިގެ މަޝްރޫއާއި އަދި އައްޑޫ ސިޓީގެ މޫދުގައި ގާއިމުކުރާ 10 މެގަވޮޓް ފްލޯޓިންގ ސޯލަރ ޕީވީގެ ނިޒާމުގެ މައުލޫމާތު އިންވެސްޓަރުންނަށްދޭނެއެވެ.