ސަރުކާރުން ހިންގާ ގެދޮރުވެރިޔާ އަދި ބިންވެރިޔާ ޕްރޮގްރާމުގެ ދަށުން ދޫކުރާ ފްލެޓްތަކާއި ގޯތިތައް ލިބޭ ފަރާތްތަކުގެ ލިސްޓު މި މަހުގެ ތެރޭގައި އިއުލާންކުރާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފި އެވެ.
ހައުސިންގ މިނިސްޓްރީން ބުނީ ގޯއްޗާއި ފްލެޓު ލިބޭ މީހުންގެ ލިސްޓު ފައިނަލް ކުރުމުގެ އެންމެ ފަހުގެ މަސައްކަތްތައް މިހާރު ވެސް ކުރަމުން އަންނަ ކަމަށެވެ. އަދި މިމަހުގެ ތެރޭގައި ފްލެޓާއި ގޯތި ލިބޭ ފަރާތްތަކުގެ ލިސްޓު ޢާއްމުކުރާނެ ކަމަށެވެ.
މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރަން ހިންގާ 'ބިންވެރިޔާ' ސްކީމް އާއި މާލެ ސަރަހައްދުން ފްލެޓް ދޭން ހިންގާ 'ގެދޮރުވެރިޔާ' ސްކީމްގެ ދަށުން ގޯއްޗަށާއި ފްލެޓަށް އެދި ކުރިމަތިލުމުގެ މުއްދަތު ހަމަވި އިރު 36،000އާ ގާތްކުރާ އަދަދަކަށް ފޯމު ހުށަހަޅާފައިވާ ކަމަށް ހައުސިންގ މިނިސްޓްރީން ވަނީ ބުނެފައެވެ.
އެގޮތުން މާލޭގެ ރައްޔިތުންނަށް ދޫކުރާ 5،000 ގޯއްޗަށް 15،164 ފޯމު ހުށަހެޅިއިރު 4،000 ފްލެޓްގެ ތެރެއިން ތިން ކޮޓަރީގެ ފްލެޓަށް 14،489 ފޯމު އަދި ދެ ކޮޓަރީގެ ފްލެޓަށް 6،208 ފޯމު ވަނީ ހުށަހަޅާފައެވެ.