ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީ އަށް 2500 މެންބަރުން ގުޅިއްޖެއެވެ.
މިއަދު އެމްޑީޕީގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ވަނީ އެކި ރަށްތަކުން ލިބިފައިވާ ފޯމުތައް އެ ޕާޓީއާ ހަވާލުކޮށްފަ އެވެ.
މި ފޯމުތަކާ އެމްޑީޕީގެ ފަރާތުން ހަވާލުވީ އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ އެމްޑީޕީ އަކީ އަބަދުވެސް އެޕާޓީ ކުރިއެރުވުމަށްޓަކައި މަސައްކަތް ކުރާ ބައެއް ކަމަށެވެ.
އެގޮތުން ކުރިއަށް އޮތް ތަނުގައި ވެސް އެމްޑީޕީ އަށް މެމްބަރުން އިތުރުކުރަން މަސައްކަތް ކުރާނެ ކަމަށާއި ޕާޓީއެއް އުފައްދަން ބޭނުންވާ އެންމެ މަދު އަދަދު ކަމަށްވާ 3000 މެމްބަރުން ހަމަވެގެން އެ މަސައްކަތް ހުއްޓާ ނުލާނެ ކަމަށްވެސް ފައްޔާޒު ވިދާޅުވި އެވެ.
އަމާޒަކީ ކުރިން ގާނޫނާ އެއްގޮތް ނޫންގޮތަށް އޮތް އަދަދާ ހަމަޔަށް ގާނޫނީ ގޮތުން މެންބަރޝިޕް ރެޖިސްޓްރީ ގެންދިއުން،"
އެމްޑީޕީ އަށް 12 ދާއިރާއަކުން އަލަށް މެންބަރުން ގުޅިފައިވާއިރު އޭގެތެރޭގައި މަކުނުދޫ ދާއިރާ އާއި ތިނަދޫ ދެކުނު ދާއިރާ އާއި ކުޑަހުވަދޫ ދާއިރާ އާއި ތުލުސްދޫ ދާއިރާ އާއި ފަރެސްމާތޮޑާ ދާއިރާ އާއި މިލަންދޫ ދާއިރާ އާއި ގައްދޫ ދާއިރާ އާއި މަޑަވެލި ދާއިރާ އާއި މަނަދޫ ދާއިރާ އާއި ކެނދިކުޅުދޫ ދާއިރާ އާއި އިސްދޫ ދާއިރާގެ އިތުރުން ތިމަރަފުށި ދާއިރާގެ މެމްބަރުން ހިމެނެއެވެ.