މަޝްހޫރު ރިއަލިޓީ ޝޯ ބިގްބޮސް އޯޓީޓީގެ ދެވަނަ ސީޒަން މި މަހުގެ 17 ގައި ފެށުމަށް ތާވަލުކޮށްފިއެވެ.
ބިގްބޮސް އޯޓީޓީގެ ފުރަތަމަ ސީޒަން ހުށަހަޅާދީފައިވަނީ މަޝްހޫރު ފިލްމު ޕްރޮޑިއުސަރު ކަރަން ޖޯހަރެވެ. ނަމަވެސް މިމަހު 17 ގައި ފެށުމަށް ހަމަޖެހިފައިވާ ދެވަނަ ސީޒަން ހުށަހާޅާނީ ސަލްމާން ހާން އެވެ.
ބިގްބޮސް އޯޓިޓީގެ ސީޒަން 2 ގެ ޓީޒަރތައް މިހާރު ދަނީ ކަލަރސް ޓީވީއިން ދައްކަމުންނެވެ.
ބިގްބޮސްގައި ބައިވެރިވާނީ އެކި ދާއިރާތަކުން އިންޑިއާގައި މަޝްހޫރު މީހުންނެވެ. އޭގެ ތެރޭގައި ފިލްމީ ތަރިންނާއި، ސިޔާސީ މީހުންނާއި އަދި މޮޑެލުން ހިމެނެއެވެ.