ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު - ފޮޓޯ: މަޖިލީސް

54 މެންބަރުންގެ ސޮޔާއެކު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު, މަޖިލީސް ރައީސް ކަމުން ވަކިކުރަން ހުށަހަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ނަޝީދު ވަކިކުރެއްވުމަށް ހުށަހެޅުއްވީ އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން ފާސްކޮށްގެންނެވެ. އެމްޑީޕީގެ ރައީސްގެ މަގާމުގެ ފުރުއްވާ ނަޝީދު މަޖިލީސް ކުރިޔަށް ގެންދަވާ ގޮތުން އެމްޑީޕީގެ މެންބަރުންނާއި ޕާޓީއަކަށް ނިސްބަތްނުވާ މެންބަރުން އަދި އެހެން ސިޔާސީ ޕާޓީތަކުގެ ބައެއް މެންބަރުންވެސް ހިތްހަމަނުޖެހުން ފާޅުކުރައްވާތާ ވަނީ ދުވަސްތަކެއް ވެފައެވެ.

ރައީސް ނަޝީދު ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން ދުރުކުރުމަށް، އިތުބާރުނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ އެމްޑީޕީގެ 50 މެންބަރުންނާއި، މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދާއި، ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރާއި، ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަދި ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމްގެ ސޮޔާއެކުގައެވެ.

މަޖިލީހުގައި އެމްޑީޕީގެ 56 މެންބަރުން ތިއްބަވައެވެ.

 

ތަފްސީލް އަންނަނީ...

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *