އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް

ރައީސް އިބްރާހިމް މުހައްމަދު ޞާލިހް މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީ ހޯދަން އެދިވަޑައިގަންނަވާނެ ކަމަށް އެމްޑީޕީ ޕާލިމަންޓަރީ ގްރޫޕްގެ ލީޑަރު، އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމަށް އެމްޑީޕީ ޕީޖީ ގްރޫޕުން ފާސްކޮށްފައިވާކަން އިއުލާނު ކުރެއްވުމަށަ ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި  އަސްލަމް  ވިދާޅުވީ، 241 ކޮމިޓީއިން ބަލަމުން އަންނަ ރައީސްގެ ސިޓީފުޅާ ބެހޭ މައްސަލައިގައިވެސް ގޮތެއް ނުނިންމި ވަނީ އެ ކޮމިޓީ ނުބޭއްވިގެން ކަމަށެވެ.

އަސްލަމް ވިދާޅުވީ، 241 ކޮމިޓީ ބޭއްވޭ ފުރަތަމަ ދުވަހު އެ ކޮމިޓީގެ ޗެއާގެ މަގާމުގައި އަސްލަމް އިންނަވާކަމުގައި ވަނީނަމަ، ރައީސްގެ ސިޓީފުޅު ހޯދަން ވެސް، 241 ކޮމިޓީން  ރައީސް އޮފީހަށް ސިޓީ ފޮނުވަން އަސްލަމް ހުންނެވޫ ގަސްތުކޮށްގެން ކަމަށެވެ.

ރާއްޖެ އާއި ޗާގޯސްގެ  ކަނޑުގެ އިން ވަކިކުރުމުގެ މައްސަލަ ދުނިޔޭގެ ކަނޑުތަކާ ބެހޭ ޓްރައިބިއުނަލް (އިޓްލޮސް) އިން ނިންމުމަށް ރައީސްގެ ސިޓީގެ ސަބަބުން އަސަރުކޮށްފައިވާ ކަމަށް ތުހުމަތުކޮށް، އިދިކޮޅު ފަރާތްތަކުން ދަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔާ އެ ސިޓީ އާންމުކުރުމަށް ގޮވާލަމުންނެވެ.

އެހެންނަމަވެސް ރައްޔިތުންގެ މަޖިލީހުގައި ބަނޑާރަ ނައިބު އަލްއުސްތާޒު އިބްރާހިމް ރިފްއަތު ވިދާޅުވީ ރައީސްގެ ސިޓީފުޅާ އެ މައްސަލައާއި ގުޅުމެއް ނެތްކަމަށެވެ. އަދި ރާއްޖޭގެ ކަނޑުވިއްކާލީ ކަމަށް ބުނެ އިދިކޮޅުން ކުރާ ތުހުމަތަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *