ޔޫއެންޑީޕީ އިން ޗައިނާގެ އެހީގައި ރާއްޖެއަށް ސިއްހީ ސާމާނު ހަދިޔާ ކުރުން - ފޮޓޯ: ހެލްތް މިނިސްޓްރީ

ޗައިނާ ސަރުކާރުގެ އެހީތެރިކަމާއެކު ޔޫއެންޑީޕީއިން ރާއްޖެއަށް ސިއްހީ ސާމާނުތަކެއް ހަދިޔާކޮށްފިއެވެ.

މި ތަކެތި ހަވާލުކުރުމަށް މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ތަކެތި ހަދިޔާ ކޮށްފައިވަނީ ޔޫއެންޑީޕީ ޓްރޭންގިއުލަރ ކޯޕަރޭޝަން ރެސްޕޯންސް ޓު ކޮވިޑް-19 އިން ދަ އޭޝިއާ އެންޑް ޕެސިފިކް ރީޖަން ޕްރޮގްރާމްގެ ދަށުންނެވެ.

މިޕްރޮގްރާމްގެ ދަށުން ރާއްޖެއަށް ހަދިޔާކޮށްފައިވަނީ 4000 އަށްވުރެ ގިނަ އަންގިއާއި 16 އޮޓޮމޭޓެޑް އެކްސްޓަރނަލް ޑެފިބްރިލޭޓާސް އާއި 10 ނިއޯނޭޓަލް ވެންޓިލޭޓަރެވެ.

މި ތަކެތި ހެލްތް މިނިސްޓްރީ އާއި ހަވާލުކޮށްދެއްވީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަންގްލިޒިން އެވެ. މި އެހީއާއި  ރާއްޖެއިން ހަވާލުވެވަޑައިގެންނެވީ ހެލްތް މިނިސްޓަރ އަހުމަދު ނަސީމް އެވެ.

މިނިސްޓްރީން ބުނީ މީގެ ތެރެއިން 10 ވެންޓިލޭޓަރު 10 އަތޮޅު ހޮސްޕިޓަލަށް ދިނުމަށް ނިންމާފައިވާ ކަމަށެވެ. އެ ހޮސްޕިޓަލްތަކަކީ، ހއ އޮތޮޅު ހޮސްޕިޓަލް، ށ އޮޅު ހޮސްޕިޓަލް، ނ އަތޮޅު ހޮސްޕިޓަލް، ބ އަތޮޅު ހޮސްޕިޓަލް،  ޅ އަތޮޅު ހޮސްޕިޓަލް، މ އަތޮޅު ރީޖަނަލް ހޮސްޕިޓަލް، ދ އޮތޮޅު ހޮސްޕިޓަލް، ގއ އަތޯޅު ހޮސްޕިޓަލް އަދި ޏ. ފުވައްމުލަކުގައި ހުންނަ ހޮސްޕިޓަލަށެވެ. 

ޔޫއެންޑީޕީން އިން ބުނީ މި އެހީގެ ސަބަބުން ރާއްޖޭގެ ސިއްހީ ދާއިރާ އިތުރަށް ވަރުގަދަކޮށް  ކޮވިޑުގެ ކޭސްތަކަށް ފަރުވާދިނުމުގެ ކެޕޭސިޓީވެސް އިތުރުވެގެންދާނެ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *