ނިލަންދޫ ދާއިރާގެ މެންބަރު އަބުދުލް މުހުސިން ހަމީދު

ނިލަންދޫ ދާއިރާގެ މެންބަރު އަބުދުލް މުހުސިން ހަމީދު ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއި ގުޅިވަޑައިގެންފައިވާތީ، މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކަށާއި، ވަކި ޕާޓީއަކަށް ނިސްބަތް ނުވާ މެންބަރުންގެ ބަހުސްގެ ވަގުތުތަކަށް ބަދަލުގެނެވިފައިވާ ކަމަށް މިއަދު ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުން އިއުލާނު ކުރައްވައިފިއެވެ.

މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި މެންބަރުން ހިމެނިފައިވާ ގޮތަށް އަންނާނެ ބަދަލު ފާސްކުރުމަށް ހުށަހަޅާނެ ކަމަށްވެސް ރިޔާސަތުން މިއަދު ވަނީ މަޖިލީހުގެ މެންބަރުންނަށް އަންގަވާފައެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މީގެ ކުރިން އެއްވެސް ޕާޓިއަކަށް ނިސްބަތްވެވަޑައިނުގަންނަވާ ހުންނެވި ނިލަންދޫ ދާއިރާގެ މެންބަރު އަބުދުލް މުހުސިން ހަމީދު ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއި ގުޅިވަޑައިގެންފައިވާކަން އެ މެންބަރާއި އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރު 30 މޭ 2023 ގައި ލިޔުމުން އަންގަވާފައިވާ ކަމަށެވެ. އަދި އެ މެންބަރުގެ ނަން އެމްޑީޕީގެ ދަފްތަރުގައި ހިމެނިފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން 4 ޖޫން ގައި މަޖިލީހަށް ލިޔުމުން އަންގާފައިވާ ކަމަށެވެ.

މި ބަދަލާއި ގުޅިގެން މަޖިލީހުގެ ދަފްތަރުގައި މެންބަރުން މިހާރު ހިމެނިވަޑައިގަންނަވަނީ:

  • ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ 56 މެންބަރު
  • ޕްރޮގްރެސިވް ޕާޓީ އޮފް ދަ މޯލްޑިވްސް ގެ 5 މެންބަރުން
  • ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ 3 މެންބަރުން
  • މޯލްޑިވްސް ނެޝަނަލް ޕާޓީގެ 3 މެންބަރުން
  • ޖުމްހޫރީ ޕާޓީގެ 2 މެންބަރުން
  • މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސްގެ 2 މެންބަރުން
  • ވަކި ޕާޓީއަކަށް ނިސްބަތް ނުވާ 16 މެންބަރުން
0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *