އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު

މިވީހާތަނަށް އެއްވެސް އިރެއްގައި ފައިސާގައި ޖެހި ރައްޔިތުންނަށް ހިޔާނާތްތެރިވެފައި ނުވާނެ ކަމަށް ބަންޑާރަނައިބު އަލްއުސްތާޒު އިބްރާހިމް ރިފްއަތު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހަށް ވައްދާފައިވާ ބަންޑާރަނައިބުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ދިފާއުގައި ޖަވާބުދާރީވެވަޑައިގެންނެވުމަށް މިއަދުގެ ޖަލްސާއަށް ވަޑައިގެން މެންބަރު ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ރިފްއަތް ވިދާޅުވީ މޮރިޝަސް އާއި ރާއްޖޭގެ ކަނޑުގެ އިމުގެ މައްސަލައިގައި ރިޝްވަތުގެ ގޮތުގައި ސަރުކާރުން ފައިސާ ނަގާފައި ނުވާ ކަމަށެވެ.

އަދި ސަރުކާރުން ރިޝްވަތުގެ ފައިސާ ނެގިކަމަށް ތުހުމަތުކޮށް އިދިކޮޅު ފަރާތްތަކުން ސަރުކާރުގެ ބައެއް އިސްވެރިންނަށް އިނގިލި ދިއްކުރި ނަމަވެސް ރިފްއަތު ވިދާޅުވީ އިޓްލޮސްގައި މައްސަލަ ނިމުމު އިރު މޮރިޝަސް ސަރުކާރުން އޭނާއަށް ރަންމެޑައްޔެއް ދީފައި ނުވާކަމަށާއި، ލަގަބެއް އަދި އިއްޒަތެއްވެސް އެގައުމުން އޭނާއަށް ދީފައިނުވާ ކަމަށެވެ. އަދި ޑޮލަރުލާން ހުޅުވި އެސްކްރޯ އެކައުންޓެއްވެސް ނޯންނާނެ ކަމަށެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބައެއް ގެއްލުނީ ރައީސްގެ ސިޓީފުޅުގެ ސަބަބުން ކަމަށް އިދިކޮޅު ފަރާތްތަކުން ކުރާ ތުހުމަތަށް، ރިފްއަތު ވިދާޅުވީ އެސިޓީ އާއި ގުޅުވާ ދެކުނުގެ އީއީޒެޑްގެ މައްސަލައިގައި ދިވެހި ދައުލަތުން ކޮޅު ބަދަލުކުރީ ކަމަށް ބުނުމަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ. އެ ސިޓީއަކީ ދެކުނުގެ އީއީޒެޑްގެ މައުޟޫއާއި އެއްވެސް ގުޅުމެއް ހުރި ސިޓީއެއް ނޫން ކަމަށްވެސް ރިފްއަތު ވިދާޅުވިއެވެ.

އަދި އިމުގެ މައްސަލައިގައި އެއްވެސް ކަމެއް އޮޅުވާލުމުގެ އަދި ދިއްރުކުރުމުގެ ނިޔަތެއް ދިވެހި ސަރުކާރުގެ ނެތް ކަމަށް ރިފްއަތު ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *