ގޭތެރޭގައި ގެންގުޅޭ ކަރަންޓު ސާމާނަށް އަންހެނުން އަހުލުވެރިކުރުވުމަށާއި، އެތަކެތި މަރާމާތުކުރަން ދަސްކޮށްދޭ ކޯހެއްގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފިއެވެ.

މި ކޯހަކީ މޯލްޑިވްސް އިންޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) އާއި އަރބަންކޯއާ ދެމެދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ކުރިއަށްގެންދެވޭ ކޯހެކެވެ.

މި ލިންކުން ކޯހުގައި ބައިވެރިވުމަށް އޮންލައިންކޮށް ރަޖިސްޓަރ ކުރެވޭނެ ކަމަށް އާބަންކޯއިން ބުނެއެވެ.

އަރބަންކޯގެ ފަރާތުން އަންހެނުން ބާރުވެރިކުރުވުމަށާއި، އަންހެނުންނަށް އެކި ކަހަލަ ފުރުސަތުތައް ހޯދައިދިނުމަށް ކުރެވޭ މަސައްކަތްތަކުގެ ދަށުން ހިންގާ ވިލުންވެރިން ކަނބަލުން ކެމްޕޭންގެ ތެރެއިން ތައާރަފްކުރެވުނު މި ކޯސް ހިންގުމަށް ހަމަޖެހިފައި ވަނީ 4 ސެޝަނަކަށް ބަހާލައިގެންނެވެ. ޖުމްލަ 8 ގަޑިއިރުގެ މި ކޯހުގެ ކޮންމެ ސެޝަންއަކީ ވެސް 2 ގަޑިއިރެވެ. އަދި މި ކޯސްތައް ފެށުމަށް ހަމަޖެހިފައި ވަނީ މި ޖޫން މަހުއެވެ. ކޯހުގައި ރަޖިސްޓްރީވުމަށް ހުޅުވާލާފައި ވަނީ 10 ދުވަހުގެ މުއްދަތަކަށެވެ.

އަންހެނުންގެ ހުނަރުވެރިކަން އިތުރުކޮށް، ގޭތެރޭގައި ގެންގުޅޭ ސާމާނަށް އަހުލުވެރިކުރުމަށް ހިންގާ މި ކޯހުގެ ތެރޭގައި ގޭގައި އާންމުކޮށް ބޭނުންކޮށް އުޅޭ އުނދުން، އަވަން، އޭސީ ފަދަ ތަކެތި އެންމެ އެކަށީގެންވާ ގޮތަށް ބޭނުންކުރާނެ ގޮތް ދަސްކޮށްދޭނެއެވެ.

އަދި އެތަކެތި މަރާމާތު ކުރާނެ ގޮތުގެ ބޭސިކްސް އުނގަންނައިދެވޭނެއެވެ. އަރބަންކޯއާއި އެމްއައިޓީ އާއި ދެމެދު ސޮއިކުރެވުނު އެމްއޯޔޫގެ ދަށުން އަންހެނުންނަށް ޚާއްސަ ކޯހެއް ތައާރަފްކޮށް ފުރުސަތު ހުޅުވާލާފައިވާއިރު، މި އެމްއޯޔޫގެ ދަށުން ޒުވާނުންނަށާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚާއްސަ ވޮކޭޝަނަލް ޓްރެއިނިންތައް ކުރިއަށްގެންދިއުމަށްވެސް ވަނީ ހަމަޖެހިފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *