އެޓާނީ ޖެނެރަލް އިބްރާހީމް ރިފްޢަތު

ރާއްޖެއާއި މޮރިޝަސްގެ ކަނޑުގެ ފުށުއަރާ ސަރަޙައްދުގެ އިން ވަކި ކުރުމުގެ މައްސަލައިގަ، ރާއްޖެއިން ހުށައެޅިގޮތަށް، ރާއްޖެއަށް ބޮޑުބައި ލިބޭގޮތަށް، އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ކުރި ހުކުމް އިސްތިޢުނާފް ކުރެވޭނެ ކަމަށް ބުނެ ދައްކާ ވާހަކަތަކަކީ ހަގީގަތެއް ނެތް ބިލާހެއް ކަމަށް އެޓާނީ ޖެނެރަލް އިބްރާހީމް ރިފްޢަތު ވިދާޅުވެއްޖެއެވެ.

އިތުބާރު ނެތްކަމުގެ މައްސަލައަށް ރައްޔިތުންގެ މަޖިލީހުގައި ޖަވާބު ދެއްވަމުން ރިފްޢަތު ވިދާޅުވީ ވިދާޅުވީ ދެކުނުގެ އީއީޒެޑްގެ މައްސަލައާއި ރާއްޖޭގެ އައުޓަރ ކޮންޓިނެންޓަލް ޝެލްފްގެ މައްސަލާގައިވެސް ރާއްޖެއިން ނަގާފައިވާ ގާނޫނީ ސްޓޭންޑް ބަދަލު ނުކުރާނެކަމަށް ރައީސްގެ ސިޓީ ފުޅުގައި ކަޅާއި ހުދުން ލިޔުއްވާފައި އޮތްކަމަށެވެ.

މިއަދަކީ ވަރަށް ތާރީހީ ދުވަހެއްކަން ފާހަގަކުރައްވާ ރިފްޢަތު ވަނީ، އޭނާގެ އިތުބާރުނެތްކަމަށް 13 މެންބަރުން ނިންމެވީ ގާނޫނީ ކޮން އުސޫލަކުންތޯ ސުވާލުކުރައްވާފައެވެ.

ރިފްޢަތު ވިދާޅުވީ ދެކުނުގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯންގެ މައްސަލައަކީ ޒަމާންވީ މައްސަލައެއް ކަމަށާއި 1992 ވަނަ އަހަރުން ފެށިގެން މި ހައްސާސް މައްސަލައަށް ދިވެހިންގެ ހައްޤުގައި ކުރީގެ އެއްވެސް ސަރުކާރަކުން ގޮތެއްނިންމަން ނުކެރުނުކަމަށެވެ. އަދި މިކަމުގައި ނޭނގިނަމަވެސް ކުރީ ސަރުކާރުތަކުންނާއި ބަންޑާރަނައިބުން ބޮޑުތަނުން އިހުމާލުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ރިފްޢަތު ވިދާޅުވީ އިޓްލޮސްއިން ކަނޑުގެ މައްސަލަ ނިންމާފައިވަނީ ރާއްޖެއާ އެއްކޮޅަށް ކަމަށާއި އެ މައްސަލައިގައި ކާމިޔާބު ލިބުނީ ދިވެހިރާއްޖެއަށް ކަމަށެވެ.

އަދި އިޓްލޮސްއިން ކުރި ހުކުމުގެ އެއްވެސް ހިސާބެއްގައި ކިތާބީ ހެއްކެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުވި ސިޓީ ހިމަނާފައި ނުވާކަމަށާ މިކަން މައްސަލައަކަށް ހަދަނީ ސިޔާސީ ބޭނުމެއްގައި ކަމަށް ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *