އިސްރަށްވެހިންނަށް މިހާރު ދެމުން އަންނަ އެލަވަންސަށް ބަދަލު ގެނައުމުގެ މަސައްކަތް ފަށްޓަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީގެ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ސަރުކާރުން ދެމުން އަންނަ އެލަވަންސް ބޮޑުކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށާ ވަރަށް އަވަހަށް އެކަން އިއުލާނުކުރައްވާނެކަމަށެވެ.

އިސްރަށްވެހިންނަށް ދެމުން އަންނަ އެލަވަންސްވެސް ބޮޑުކުރުމަށް ނިންމާފައިވާކަން އިއުލާންކުރައްވަމުން ރައީސް ވިދާޅުވީ މިހާރު އެކަމުގެ މަސައްކަތް ކުރިއަށް ދާ ކަމަށެވެ.

އަޅުގަނޑުމެންގެ އިސް ރަށްވެހިންނަށް ދޭ އެލަވަންސަށް ގެންނަންޖެހޭ ބަދަލު. އެވެސް އަޅުގަނޑުމެން މިހާރު މިގެންދަނީ މުޠާލިޢާ ކުރަމުން. އެއަށް ގެންނަންޖެހޭ ބަދަލުތަކަކާ އެކީގައި، އެއަށްވެސް ކުރިއަށް އޮތް ތަނުގައި، އެ ބަދަލުތައް އަންނާނެ."

އިސްރަށްވެހިންނަށް ސަރުކާރުން މިހާރު ދެއްވަމުން އަންނަނީ 5000 ރުފިޔާގެ އެލަވަންސްއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ކޮވިޑް 19ގެ ބަލިމަޑުކަމުގައި ނުޖެހުނުނަމަ ސަރުކާރުގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުވެގެންދާނެކަމަށެވެ.

ކުރިއަށް އޮތް ތަނުގައި ސަރުކާރުގެ ހުރިހާ ދާއިރާއެއްގެ މުވައްޒަފުންގެ މުސާރައަށް ބަދަލު އަންނާނެކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ ތަރައްގީއަށް ބަލާއިރު، ކުރިއަށް އޮތް 5 އަހަރު އުމްރާނީ ތަރައްގީގެ ބޮޑު މަޝްރޫއެއް ނެތަސް ސަރުކާރުގެ ވިސްނުމުގައި ކަންކަން ކުރުން އެބަހުރި ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *