ބަންޑާރަނައިބުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަނޭޅި ޖަލްސާ ކުރިޔަށް ނުގެންދެވިގެން ސިޔާސީ ޕާޓީތަކުން މަޝްވަރާ ކުރުަމށް މަޖިލީސް މެދު ކަނޑާލުމަށްފަހު އަލުން ޖަލްސާ ފަށައިގެން ކުރިޔަށް އެބަގެންދެއެވެ.
މިއަދުގެ ޖަލްސާއަށް ބަންޑާރަ ނައިބު އަލްއުސްތާޒު އިބްރާހިމް ރިފްއަތު ހާޒިރު ވެ ވަޑައިގެންނެވި ނަމަވެސް ކުރީ ޖަލްސާއަށް ވަޑައިނުގެން މިއަދު ވަޑައިގެންނެވުމުން އިދިކޮޅު ކޯލިޝަނުގެ ފަރާތުން މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު ވަނީ އެ މައްޗަށް މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވުމަށް ދެކޮޅު ހައްދަވާފައެވެ.
އަދި ޕީޕީއެމް ޕީއެންސީ ކޯލިޝަނުގެ މެންބަރުން ވަނީ ޖަލްސާއަށް ހުރަސްއަޅާ ތަޖުޅުމުގައި އިހްތިޖާޖްވެސް ކޮށްފައެވެ. އެހެންކަމުން ރިޔާސަތުން ނިންމެވީ ޖަލްސާ ކުޑަ ވަގުތު ކޮޅަކަށް މެދު ކަނޑާލައިގެން ސިޔާސީ ޕާޓީތަކުން މަޝްވަރާ ކުރުމަށެވެ.