ރ. އުނގޫފާރު މަގު ހެދުން

ރ. އުނގޫފާރު މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ ދަށުން، ދުވާރު ހެދުމުގެ މަސައްކަތުގެ 98 ޕަސެންޓް ނިމިފައިވާ ކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.

އެމްޓީސީސީން ބުނީ، މިހާރު ކުރިޔަށް ދަނީ އޭބީސީ ފަށަލަ އެޅުމުގެ މަސައްކަތް ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، 7511.70 އަކަ މީޓަރުގެ ދުއްވާ ސަރަޙައްދެއްގައި ސަބްގްރޭޑް އެޅުމާއި، ސަބްބޭސް އަދި ތާރު އެޅުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވެއެވެ. އަދި 2291.75 އަކަ މީޓަރުގެ ސަރަޙައްދެއްގައި ދުވާރު ހެދުމާއި، ފެން ހިންދާ ނިޒާމު ޤާއިމުކުރުމަށް ހަމަޖެހިފައިވެއެވެ.

މީގެ އިތުރުން މި މަޝްރޫއުގެ ދަށުން ތަރައްޤީ ކުރާ މަގުތަކުގައި، މަގުމަތީ ނިޝާން ހަރުކުރުމާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތްވެސް ހިމެނޭ ކަމަށް އެމްޓީސީސީ އިން ބުނެއެވެ.

އުނގޫފާރު މަގު ތަރައްޤީކުރުމުގެ މަޝްރޫޢު އަކީ 20.42 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށް އެމްޓީސީސީ އިން ބުނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *