ޗައިނާއިން އެމެރިކާއާއި އެކު ކުރިމަތިލުމަކަށް ދިއުމަށް މަޝްވަރާ ކުރަމުންދާކަމަށާއި އެ ދެ ގައުމުގެ ދެމެދުގައި ހަމަނުޖެހުމެއް ފެށިއްޖެ ނަމަ ދުނިޔެއަށް ބަރުދާސްތުނުކުރެވޭ ވަރުގެ ކާރިސާ އަކާއި ކުރިމަތިލާން ޖެހިދާނެ ކަމަށް  ޗައިނާގެ ޑިފެންސް މިނިސްޓަރ ލީ ޝަންފޫ ވޫ ވިދާޅުވެއްޖެއެވެ.

ޗައިނާގެ ޑިފެންސް މިނިސްޓަރ މިހެން ވިދާޅުވީ އާދިއްތަ  ދުވަހު އޭޝިއާ ގެ އެންމެ މަތީ ފަންތީގެ ސެކިއުރިޓީ ސަމިޓްޝަންގްރި-ލާ ޑައިލޮގްގައި ވާހަކަފުޅުދައްކަވަމުންނެވެ.

ލީ ވިދާޅުވީ ދުނިޔެއަކީ ޗައިނާ އާއި އެމެރިކާއަށް އަށް އެކުއެކީގައި ކުރިއަށް ދެވޭ ވަރުގެ ބޮޑު ތަނެއް ކަމަަށެވެ.

ޗައިނާގެ ޑިފެންސް މިނިސްޓަރު ކަމަށް މާޗްމަހު ލީ، އައްޔަން ކުރެއްވިފަހުން ބައިނަލްއަގްވާމީ ބައްދަލުވުމެއްގައި ފުރަތަމަ ފަހަރަށް  ވާހަކަފުޅު ދައްކަވަމުން ލީވިދާޅުވީ ޗައިނާ އާއި އެމެރިކާގައި އޮތީ ތަފާތު ދެ ސިސްޓަމެއް ކަމަށާއި އެހެނިހެން ގޮތްގޮތުންވެސް ދެ ގައުމުގެ ތަފާތުތައް އެބަހުރި ކަމަށެވެ.

އެހެންނަމަވެސް އެއީ ދެފަރާތުން ގުޅުން ބަދަހިކޮށް ދެފަރާތުން ޝައުގުވެރިވާ ދާއިރާތަކުން އެއްބާރުލުންދިނުމާއި ބައިލެޓެރަލް ގުޅުންތައް ބަދަހިނުކުރެވޭނެސަބަބެއް ނޫން ކަމަށެވެ.

ޗައިނާ އާއި އެމެރިކާއި ކުރިމަތިލުމަކަށް ހިނގައްޖެނަމަ ދުނިއަށް ތަހަންމަލު ނުކުރެވޭވަރުގެ ކަރިސާއަކާ ކުރިމަތިވާނެ. އެކަމަކަށް އިންކާރެއް ނުކުރެވޭނެ.

ޑިމޮކްރެސީ އާއި އެއްގޮތަށް ވެރިކަން ހިންގާ ޓައިވާން އާއި ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދީ މައްސަލަތަކާއި ޗައިނާއިން އުފައްދާ ސެމީ ކޮންޑަކްޓަރ ޗިޕްއެކްސްޕޯޓްކުރުމުގައި އެމެރިކާގެ ރައީސް ޖޯބައިޑެން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާއި ގުޅިގެން އެމެރިކާއާއި ޗައިނާގެ ގުޅުން ވަނީ ވަރަށް ބޮޑަށްގޯސްވެފައެވެ. އަދި އެމެރިކާއިން އަންނަނީ  ޗައިނާގެ ނުރުހުމުގައި ޓައިވާނަކީ ވަކި މިނިވަން ގައުމެއްގެ ގޮތުގައި ބަލައިގަނެ ވިޔަފާރިއާއި ސަލާމަތީދާއިރާއިންވެސް ޓައިވާނާއި އެކު ގުޅުން ބަދަހިކުރަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *